ކިހާދޫ ކައުންސިލާއި ކިޑްސް ޖަމިއްޔާ ގުޅިގެން އެރަށޫގައި ހަދާ ކުދިންގެ ޕާކުގެ ކުރެހުމެއް
ހިތާދޫ އޮންލައިން | 01 ޑިސެންބަރ 2018
ބ. ކިހާދޫގައި ހަދަމުންދާ ކުޑަކުދިންގެ ޕާކަށް، ގަހެއް ހަދިޔާކޮށްގެން ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ހަރަކާތެއް ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ފަށައިފި އެވެ.
“ޕްލާންޓް އަ ލެގެސީ”ގެ ނަމުގައި މި މަހުގެ 31 ވަނަ ދުވަހާ ހަމަޔަށް ކުރިއަށްގެންދާ މި ހަރަކާތުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. އެގޮތުން ގަސް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން އެ ޖަމިއްޔާގެ ވެބްސައިޓް މެދުވެރިކޮށް މި ހަރަކާތުގައި ބައިވެރިވުމަށް ފުރިހަމަކުރަންޖެހޭ އޯޑަރ ފޯމް ފެންނާނެ ކަމަށް ކިޑްސް ޖަމިއްޔާއިން ބުންޏެވެ.
ކިޑްސް ޖަމިއްޔާއިން ބުނި ގޮތުގައި މި ހަރަކާތުގައި އަމިއްލަ ފަރުދެއްގެ ގޮތުގައާއި، ދެމަފިރިއަކު ހަދިޔާކުރާ ގަހެއްގެ ގޮތުގައި އަދި ވިޔަފާރި ކުންފުންޏެއްގެ ނަމުގައި ވެސް ގަސް ހަދިޔާކުރެވިދާނެ ކަމަށެވެ.
ކިހާދޫ ކުޑަކުދިންގެ ޕާކުގައި މައިގަޑު ގޮތެއްގައި އިންދަން ހަމަޖެހިފައިވަނީ އެކިބާވަތުގެ ރުކާއި، ހިޔާދޭ ބޮޑެތިގަހުގެ އިތުރުން ތަފާތު އެކިވައްތަރުގެ މާގަސް ކަމަށް ކިޑްސް ޖަމިއްޔާއިން ބުނެއެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތުގެ ދެ ނަސީބުވެރިއަކަށް އިތުރު އެއް ބޭފުޅަކާއެކު، ބ. އަތޮޅު އަނަންތަރާ ކިހަވައް ވިލާސް އަދި ރީތި ބީޗް ރިސޯޓްގައި ތިން ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ..
ކިޑްސްއަކީ 2015 ވަނައަހަރުން ފެށިގެން ކިހާދޫގައި ހިނގަމުންއަންނަ ހަރަކާތްތެރި މަދަނީ ޖަމްއިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ އެރަށޫގައި އިޖްތިމާއި އަދި ތިމާވެށީގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ޚިޔާލު...
ފަހުގެ ލިޔުންތައް..
20 ފެބުރުއަރީ 2019
19 ފެބުރުއަރީ 2019
19 ފެބުރުއަރީ 2019
18 ފެބުރުއަރީ 2019
16 ފެބުރުއަރީ 2019
15 ފެބުރުއަރީ 2019
15 ފެބުރުއަރީ 2019
14 ފެބުރުއަރީ 2019
14 ފެބުރުއަރީ 2019
13 ފެބުރުއަރީ 2019
(c)ހިތާދޫ އޮންލައިން އަކީ މިނިސްޓްރީ އޮފް ހޯމްއެފެެއާޒުގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ. : admin@hithaadhoo.com