ޔޫސުފު ޤާސިމްގެ ކެމްޕޭން ޕޯސްޓަރެއް

ޔޫސުފު ޤާސިމް އޭދަފުށީ ދާއިރާ މަޖިލީސް ގޮނޑިއަށް ވާދަ ކުރަނީ!

ޢާމިރު ޢަބްދުއްލަޠީފު | 23 ނޮވެންބަރ 2018

ހިތާދޫ ކައުންސިލުގެ ފުރަތަމަ އިންތިޚާބީ ރައީސް ޔޫސުފު ޤާސީމް ރައްޔިތުން މަޖިލީހުގެ ބ. އޭދަފުށީ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވަން ނިންމަވައިފިއެވެ.

ޔޫސުފު ޤާސިމް ވިދާޅުވީ ކުރިމަތި ލައްވާނީ އެމްޑީޕީ ޓިކެޓުގައި ކަމަށާއި ޕްރައިމަރީ އަކަށް ދާންޖެހިއްޖެ ނަމަ ދާއިރާގެ ތިންރަށް މާޅޮސް އޭދަފުށި އަދީ ހިތާދޫގެ އެމްޑީޕީ މެންބަރުން އެނާއަށް ޓިކެޓު ދެއްވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަމަށެވެ.

" އޭދަފުށި މާޅޮސް ހިތާދޫ މި ތިންރަށުންވެސް ވޯޓު ދޭނެކަމަށް މެންބަރުން ބުނޭ.. އަދި އެހާ ގިނަ ބަޔަކާ ވާހަކަ ނުދެއްކޭ. ވާހަކަ ދެއްކި ތިންރަށުގެ މެނަބަރުންވެސް ތިބީ ޕްރައިމަރީ ކާމިޔާބު ކޮށްދޭން" ޔޫސުފު ޤާސިމް ވިދާޅުވިއެވެ.

ޔޫސުފު ޤާސިމް ވިދާޅުވީ އެނާ މަޖިލީހަށް ކުރިމަތިލާން ނިންމީ ދާއިރާގެ ތިންރަށަށް ބޭނުންވާ ޚިދުމަތްތަށް ލިބޭނީ ވިޔަފާރި ވެރިން ނެރެ ރައްޔިތުންގެ އިޙްސާސްތަށް ދަންނަ އެމީހުންނާއި އެކީ އުޅޭ މީހެއް މަޖިލީސް ގޮނޑިއަށް ހޮވިހެންކަމަށް ވާތީ ކަމަށާއި ސަރުކާރަށް މިދާއިރާގެ ރައްޔިތުންގެ އަޑު އިއްވަމުން ނުދާތީ ރައްޔިތުންގެ އަޑު އިއްވައި އެ ރައްޔިތުންނަށް ތަރަށްޤީ ހޯދައި ދިނުމަށް ކަމަށެވެ.

މިދާއިރާގެ ގޮނޑި މިހާރުވެސް ފުރުއްވަމުން ގެނަދަވާ މެންބަރު އަޙްމަދު ސަލީމް ( ރެޑްވޭވަ ސަލީމް ) ވެސް ކުރިމަރި ލައްވާނެ ކަމަށް ވަނީ އިޢްލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :