ދިރާގު ބްރޯޑްބޭންޑު އަދި ޓީވީގެ ހިދުމަތް ތުޅާދޫއަށް -- ފޮޓޯ: ދިރާގު

ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑު ޚިދުމަތް ތުޅާދޫއަށް

ހިތާދޫ އޮންލައިން | 19 ނޮވެންބަރ 2018





ދިރާގުގެ ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތާ ދިރާގު ޓީވީގެ ހިދުމަތް ބ. ތުޅާދުއަށް ތައާރަފުކޮށްފިއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތާއެކު ތުޅާދޫ އަށް 100 އެމްބީޕީއެސްގެ ސްޕިޑުގައި އިންޓަނެޓުގެ ހިދުމަތް ލިބޭނެއެވެ.

ތުޅާދޫ އަށް ދިރާގު ފައިބާ ބްރޯޑްބޭންޑު ހިދުމަތް ތައާރަފުކޮށް އެ ކުންފުނިން ވަނީ މިމަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ފައިބަރ ކަނެކްޝަން ހިލޭ ގުޅައިދިނުމުގެ ޕްރޮމޯޝަނެއްވެސް ފަށައިފައެވެ. މީގެ އިތުރުން ތިން މަސް ވަންދެން ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓް ދޭންވެސް ވަނީ ނިންމައިފައެވެ.

ދިރާގުން ވަނީ އެ އަތޮޅު އޭދަފުއްޓައި ދަރަވަންދޫ އަށްވެސް މި ހިދުމަތްތައް ފޯރުކޮށްފެން ފަށައިފައެވެ.

ދިރާގުން ދަނީ ފައިބާ ބްރޯޑްބޭންޑް ހިދުމަތާއެކު 100 އެމްބީޕީއެސް ގެ ހަލުވި ސްޕިޑުގައި އިންޓަނެޓުގެ ހިދުމަތް ދެމުންނެވެ. އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް ޓީބީގެ ޕެކޭޖެއްވެސް ދިރާގު ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެއެވެ.

މާލެ ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން އިތުރު 41 ރަށަކަށް ހަލުވި ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :