• ވާހަކަ
  • ބަދިގެ
  • ދީން
  • ކުޅިވަރު
  • ތާރީޚާޡަގާފަތް
  • ކޮލަމް
  • ވިޔަފާރި
  • ރިޕޯޓު
  • ޚަބަރު

ހިސާން ޙުސައިން

އެމްޑީޕީއަށް ގޮނޑި ނުލިބޭނަމަ ތުޅާދޫ ދާއިރާއަށް ވާދަ ނުކުރާނަން- ހިސާން

ޢާމިރު ޢަބްދުއްލަޠީފު | 11 ނޮވެންބަރ 2018




Tweet

ކޯލިޝަންގެ ޓިކެޓް އެމްޑީޕީއަށް ނުދޭ ގޮތަށް އެއްބަސްވެއްޖެ ނަމަ، އެ ކަމަށް އިހުތިރާމު ކުރައްވައި ތުޅާދޫ ދާއިރާއަށް ވާދަ ނުކުރައްވާނެ ކަމަށް، އެ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހިސާން ހުސައިން ވިދާޅުވީ ފާއިތުވެދިޔަ ހަތް އަހަރު އިސްލާހީ ހަރަކާތުގައި އޭނާ މަސައްކަތް ކުރެއްވީ އެމްޑީޕީއާ އެކުގައި ކަމަށެވެ. އެހެންކަމުން ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވަން ބޭނުން ވަނީ ވެސް އެމްޑީޕީގެ ޓިކެޓްގައި ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ކޯލިޝަންގެ ޕާޓީތަކުން އެކުގައި ނުކުންނަން ނިންމާފައިވާތީ، މަޖިލީހުގެ ދާއިރާތައް ޕާޓީތަކުގެ މެދުގައި ބެހިގެންދާއިރު، ތުޅާދޫ ދާއިރާ އެމްޑީޕީއަށް ނުލިބޭނަމަ ވާދަ ނުކުރައްވާނެ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އެ ގޮތަށް ވެއްޖެނަމަ، އެހެން ދާއިރާއަކަށް ވާދަކުރެއްވުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ތުޅާދޫ ދާއިރާއަށް އެއީ އެމްޑީޕީއަށް ލިބޭ ދާއިރާއަކަކަށް ނުވަނީނަމަ އަޅުގަނޑު ފަހަތަށް ޖެހޭނަން، އަދި ހަމަ އެއާ އެއްކޮށް ކޯލިޝަނުން ނެރޭ ކެންޑިޑޭޓަކާ އެއްކޮށް އަޅުގަނޑު ހަމަ އެ މަސައްކަތުގައި ދެމި ހުންނާނަން، އަޅުގަނޑުގެ ތާއީދު އެ ކެންޑިޑޭޓަށް ލިބޭނެ،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވި ގޮތުގައި، ތުޅާދޫ ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމެވީ އެ ދާއިރާގެ ރައްޔިތުންނަކީ އޭނާއާ ވަރަށް ގާތް ބަޔަކަށް ވުމުންނެވެ. އެ ގޮތުން ހިސާންގެ ބައްޕައަކީ ބ. އަތޮޅަށް ނިސްބަތްވާ ބޭފުޅަކަށް ވުމުން، އެ ދާއިރާގެ ރަށްރަށަށް ވަރަށް ގިނައިން ވަޑައިގަންނަވާ ކަން ހިސާން ފާހަގަ ކުރެއްވިއެވެ.

"ތުޅާދޫ ދާއިރާއަށް ކުރިމަތިލާން ނިންމި ނިންމުމަކީ، އަޅުގަނޑު ގޭގައި އެކަނި ހުރެފައި ނިންމި ނިންމުމެއް ނޫން، އެއީ އެ ދާއިރާގެ ރައްޔިތުންނާ މަޝްވަރާކޮށް، ދާއިރާގެ ގިނަ ރައްޔިތުންގެ ވެސް އެދުމުގެ މަތިން،" ހިސާން ވިދާޅުވިއެވެ.

ހިސާން އިތުރަށް ވިދާޅުވީ، އޭނާ އެންމެ މަސައްކަތް ކުރައްވަން ބޭނުންފުޅު ވަނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށެވެ. އެ ގޮތުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ އެންމެ ބޮޑު މަސައްކަތެއް ކުރެއްވެން އޮތީ މަޖިލީހުގެ ތެރެއިން ކަމަށް ހިސާން ވިދާޅުވިއެވެ.

"ޝަރުއީ ދާއިރާ ހަރުދަނާ ކުރަން، ޝަރުއީ ދާއިރާ ބައްޓަން ކުރަން ޖެހޭ ގޮތަށް، އެ ބައްޓަން ކުރުމުގެ މެންޑޭޓް ދީފައި މި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް، އެނގިވަޑައިގަންނަވާނެ ކޯޓުތަކާ ބެހޭ ގާނޫނާއި އަދި ފަނޑިޔާރުންގެ ގާނޫނުތަކުގެ މައްޗަށް ބިނާކޮށް މި ކޯޓުތަކާއި ޝަރުއީ ދާއިރާ ހިންގަން މި ޖެހެނީ،" ހިސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :



ފަހުގެ ލިޔުންތައް..

އޭދަފުށީ ފެނުގެ ނިޒާމު ހިންގަން ފެނަކަ އާއި ހަވާލު ކޮށްފި

20 ފެބުރުއަރީ 2019

ފޮރިންގ މިނިސްޓަރ ޝާހިދު އެމެރިކާ އަށް ވަޑައިގެންފި

19 ފެބުރުއަރީ 2019

ތިމާވެއްޓާއި ބެހޭ ވޯކުޝޮޕެއް ދިގުފަރު ރިިޒޯޓުގައި ބާއްވައިފި

19 ފެބުރުއަރީ 2019

ބ. ހިތާދޫގެ މަހުޖަނުންވެސް އެސްއޯއެފް މަޅީގައި ޖެހިފައި!

18 ފެބުރުއަރީ 2019

ބ. ކަމަދޫ ކައުންސިލުގެ ރައީސް ހައްޔަރު ކޮށްފި

16 ފެބުރުއަރީ 2019

ފޮރިންގ މިނިސްޓަރ ޝާހިދު އެނބުރި މާލެ ވަޑައިގެންފި

15 ފެބުރުއަރީ 2019

ބ. އަތޮޅުގެ އެތައް ރަށެއްގެ ފައިސާ ދައުލަތަށް ނުވަދެ އެސްއޯއެފަށް!

15 ފެބުރުއަރީ 2019

ދަރަވަންދޫ ކައުންސިލުން ރައީސް ސޯލިހާއި ބައްދަލު ކޮށްފި

14 ފެބުރުއަރީ 2019

ފޮތާއި ޓީޗަރުން ހަމަ ނުވާތީ ތުޅާދޫ ރައްޔިތުން ކައުންސިލަށް!

14 ފެބުރުއަރީ 2019

ޕްލާސްޓިކް ކުނީގެ ގެއްލުންތަކާ ބެހޭ ގޮތުން ހޭލުންތެރި ކުރުމަށް ދަތުރެއް

13 ފެބުރުއަރީ 2019

(c)ހިތާދޫ އޮންލައިން އަކީ މިނިސްޓްރީ އޮފް ހޯމްއެފެެއާޒުގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ. : admin@hithaadhoo.com