ނުހައްގުން ފުލެޓު ލިބުނު މީހުން ނުނެރުމަކީ ނާއިންސާފު

ޢާމިރު ޢަބްދުއްލަޠީފު | 11 ނޮވެންބަރ 2018

ކޮންމެ ރަށަކުން ވިޔަސް ފުލެޓް ހައްގުވާ މީހުންނަށް ނުދީ ނާއިންސާފުން ފްލެޓު ދީފައިވީ ނަމަވެސް އެ ތަންތަނުގައި ދިރިއުޅޭ މީހުން ނުނެރުމަކީ އިންސާފެއް ނޫނެވެ. އިންސާފަކީ އެމީހަކު ރުހޭގޮތަކަށް ކަންތައްވުމެއް ނޫނެވެ.

އަދި އެހެންމެ ނުހައްގުން ބަޔަކަށް ފުލެޓް ދީގެން ޙައްގުވާ މީހާއަށް ފުލެޓު ލިބޭ ދުވަހު ނުހައްގުން ވަދެތިބި މީހުން ފުލެޓުން ނުކުންނަން ޖެހުމަކީ އެމީހާ ރުޅި އަންނަންޖެހޭ ކަމެއްވެސް ނޫނެވެ. އިސްލާމް ދީނަކީ އިންސާފަށް ޙުކުމް ކުރާ ދީނެކެވެ. މުސްލިމުންގެ މައްޗަށް ވާޖިބުވަނީ ތިމާއަށް ލިބޭ މުދާ ޝައްކެއްނެތް މިންވަރަށް ޙައްގުކަން ކަށަވަރު ކުރުމެވެ. ފުލެޓު ކިތަންމެ ބޭނުމަސް ދީނުގައި އަންގަވާފައި ވަނީ މިހެންނެވެ

ނުޙައްގުން ފުލެޓު ހޯދާފައި ތިބި މީހުން ނުރުހުންވެ އަދި އެއީ ހުޅުމާލޭން ފުލެޓު ލިބުނު މީހުންކަމަށް ވީނަމަވެސް އެތަނުން މީހުންނެރި ޙައްގުވާ މީހުންނަށް ފުލެޓުތަކަށް ވަދެވެން ޖެހޭނެއެވެ.

ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނު ތަކުގައި ވަކިމީހެއް ތަފާތު ކިށްފައި ނުވާއިރު ނުހައްގުން ފުލެޓު ހޯދި މީހުން އެތަނުގައި މިނިވަން ކަމާއިއެކު ތިބެވޭނެކަމަށް ވަކާލާތު ކުރުމަކީ އިންސާފެއް ނޫނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :