ބ. ހިތާދޫގައި އަޅަމުންދާ ފުޓުސެލް ދަނޑު ފޮޓޯ- ހިތާދޫ އޮންލައިން

ފައިސާ ނުލިބުމުން ބ. ހިތާދޫ ފުޓުސެލް ދަނޑު ހުއްޓިފައި!

ޢާމިރު ޢަބްދުއްލަޠީފު | 07 ނޮވެންބަރ 2018

ރައީސް ޢަބްދުއްﷲ ޔާމީން ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ބ. ހިތާދޫގައި އަޅަމުންދާ ފުޓުސެލް ދަނޑު ފައިސާ ނުލިބުމުން ހުއްޓިފައިވާ ކަމަށް ޚަބަރު ލިބިއްޖެވެ.

ހިތާދޫ އޮންލައިން އަށް މަޢްލޫމާތު ދިން މީހަކު ބުނީ މަސައްކަތް ހަވާލުވި ފަރާތަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ މިހާރު ދަނޑުގެ މަސައްކަތް މަޑު ޖައްސާލާފައި ވާކަން އެނގިފައި ވާކަމަށެވެ.

މިކަމާ ގުޅިގެން ހިތާދޫގައި މަސައްކަތް ކުރަމުންދާ ފަަރާތާއި ގުޅާލުމުން ބުނީ މަސައްކަތް ނުހުއޭކަމަށާއި ނޮވެންބަރ މަސްފެށޭއިރު އަލުން ވ މަސައްކަތް ކުރަން ފަށާނެކަމަށެވެ. ނަނަވެސް ނޮވެންބަރ މަސްފެށިގެން ދިޔައިުވެސް ބ. ހިތާދޫގައި އަޅާ ފުޓުސެލް ދަނޑުގެ މަސޢްކަތް އަދި ވަނީ ނުފެށިއެވެ.

މިއީ މިދަނޑުގެ މަސައްކަތް ހުއްޓުނު ހަތަރުވަނަ ފަހަރެވެ. 2017 ވަނަ އަހަރުގެ ކުރީކޮޅު ފެށި މި މަސައްކަތް އެންމެ ފަހުން ހުއްޓުނީ ރައީސް ޔާމީނަށް މެޑަމް ފާތުން ހިތާދޫއަށް ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގަތް ފަހުންނެވެ. ދެން އެ މަސައްކަތް ފެށީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބޯމަތިވުމުންނެވެ. މިއިންތިޚާބުން ރައީސް ޔާމީން ނާކާމިޔާބު ވީ ހިސާބުން އަނެއްކާވެސް މި މަސައްކަތް ވަނީ ހުއްޓިފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :