އެސްޓީއޯއިން ވިއްކާ ފުށެއްގައި ނުބައި ވަހަކާއި ރަހައެއް. ސަމާލުވޭ!

ހިތާދޫ އޮންލައިން | 06 ނޮވެންބަރ 2018





އެސްޓީއޯއިން ވިއްކަމުންގެންދާ ގޮދަން ފުށުގެ ބެޗެއްގައި ނުބައި ވަހަކާއި ރަހައެއް ހުންނާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ (އެމްއެފްޑީއޭ ) އިން އިލްތިމާސް ކޮށްފިއެވެ.

އެ އޮތޯރިޓީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެސްޓީއޯ އިން ވިއްކަމުން ގެންދާ ގޮދަން ފުށުގައި މައްސަލަ ހުރީ ހަމަ އެކަނި ބެޗް ނަންބަރު 17016853 ގެ ފުށުގައި އެކަނި ކަމަށާ އެހެން ބެޗް ތަކުގެ ފުށުގައި މައްސަލައެއް ނެތް ކަމަށެވެ.



ގޮދަން ފުށް ގަންނައިރު ރަނގަޅަށް ބެލުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
އެސްޓީއޯ އިން އާއްމުކޮށް ރާއްޖެ އަށް ގޮދަން ފުށް އެތެރެކުރަމުން ގެންދަނީ އިންޑިއާ އިންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :