ބ.އޭދަފުށީ ފޭލި ހައުސް. ފޮޓޯ- އީޓީ

އޭދަފުށީ ފޭލިހައުސް ގައި 4 ބުރީގެ ޢިމާރާތެއް އަޅަނެ ފަރާތެއް ހޯދަނީ

ހިތާދޫ އޮންލައިން | 06 ނޮވެންބަރ 2018





ބ. އޭދަފުށީ ފޭލި ޖަމިއްޔާގެ ގޯތި (ފޭލި ހައުސް) ގައި 4 ބުރީގެ އިމާރާތެއް ހަދައިދޭނެ ބަޔަކު ހޯދަން އެ ޖަމިއްޔާއިން އިއުލާން ކޮށްފިއެވެ.

ފޭލި ޖަމިއްޔާއިން ކުރި އިއުލާނުގައި ބުނެފައި ވަނީ އޭދަފުށީ ބަނދަރު ސަރަހައްދުން ދޫކޮށްފައިވާ ބިމުގައިއޮތް 2500 އަކަފޫޓްގެ ހުސްބިމުގައި 4 ފަންގިފިލާގެ އިމާރާތެއް އެ ޖަމިއްޔާއިންދޭ ކުރެހުމަކާ އެއްގޮތަށް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

މިޢިމާރާތް އަޅަނީ ދެ ފަރާތް އެއްބަސްވާ މުއްދަތަކަށް، އިމާރާތުގެ ގްރައުންޑް ފްލޯ ކުއްޔަކައި ނުލައި އިމާރާތްކޮށްދޭ ފަރާތަށް ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ލިބޭ ގޮތަށެވެ.

އެހެންވެ، އެ އިމާރާތުގެ ކޮންކްރީޓް ސްޓްރަކްޗާ ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 16:00 އަށް ފޭލި ހައުސް އަށް ހާޒިރުވާން ޖެހެއެވެ. އަދި މައުލޫމާތު ސާފު ކުރުމަށްފަހު މިމަހުގެ 22 ވަނަ ދުވަހުގެ ހަވީރު 16:00 އަށް ހަމަ އެތަނަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށްވެސް އެ އިއުލާނުގައި ބުންޏެވެ.

މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 7704030، 963111 އަށް ގުޅުމަށް އެ ޖަމިއްޔާއިން އެދެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :