ބީއެމްއެލް ސެލްފުސާވީސް ސެންޓަރެއް

ބީއެމްއެލް އިން ބ. ތުޅާދޫގައި އޭޓީއެމް ބަހައްޓަނީ!

ޢާމިރު ޢަބްދުއްލަޠީފު | 05 ނޮވެންބަރ 2018





ގައުމީ ބޭންކް، ބީއެމްއެލް އިން ބ. ތުޅާދޫގައި އޭޓީއެމް ގާއިމް ކުރަން ނިންމައިފިއެވެ.

އެ ބޭންކްގެ ރަސްމީ ވެބްސައިޓްގައި ހިމަނާފައިވާ ޓެންޑާ ނޯޓިސްގައިވާ ގޮތުގައި، އޭޓީއެމްތައް ބެހެއްޓުމަށް ބޭނުންވާ އިމާރާތް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައި ވަނީ، ބ. ތުޅާދޫގެ އިތުރުން ލ. މާވަށް އަދި ރ. އަލިފުށީގަ އެވެ. އެ ރަށްރަށުގައި ގާއިމް ކުރަނީ ސެލްފް ސާވިސް ބޭންކިން ސެންޓަރެކެވެ. އެއީ، ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ އޭޓީއެމް އެވެ.

އެމްއެލްގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމެވެ. އެގޮތުން ބީއެމްއެލްއިން ވަނީ 100 އޭޓީއެމް މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފަ އެވެ.

ބީއެމްއެލްއިން ވަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް ބެންކިން ސެންޓަރު، އޭޓީއެމް، ޕީއޯއެސް މާޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިން ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :