ޢޭދަފުށީ ވަފާ ޖަމިއްޔާގެ ފުޑުފެއާގެ ތެރެއިން. ފޮޓޯ- އީވީ

ބ. އޭދަފުށީ ޖަމިއްޔަތުލް ވަފާ އިން ފުޑުފެއަރ އެއް ބާއްވައިފި

ހިތާދޫ އޮންލައިން | 03 ނޮވެންބަރ 2018





އޭދަފުއްޓަށް މީހުން ބަދަލުކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ފަންޑު ހޯދުމަށް އިއްޔެ އޭދަފުށީ ފުށި ފަންނުގައި ބޭއްވި “ރަން ޔޫބީލް ފުޑް ފެއަރ” ނަމުގައި ފުޑްފެއާއެއް ޖަމިއްޔަތުލް ވަފާ އިން ބާއްވައިފިއެވެ.

ބ. އޭދަފުއްޓަށް މީހުންބޭލިތާ 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ހަރަކާތްތަކަށް ފައިސާ ހޯދުމަށް ބ. އޭދަފުށީގައި ބޭއްވި ފުޑުފެއާގައި އޭދަފުށީގެ ގިނަ ބަޔަކު ވަނީ ބައިވެރި ވެފައެވެ. ވަފާއިން ބުނީ މި ހަރަކާތުން އެނގިގެން ދިޔައީ އިޖްތިމާއީ ވަރުގަދަ ރޫހެއް އޭދަފުށީގައި އޮތް ކަމުގައެވެ.

ހުކުރު ވާޖިބުވާ 40 މީހުން ހަމަނުވާ ކޮންމެރަށަކީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސުމުގެ ޤާނޫނު 1968މ ވަނައަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ބ. އަތޮޅު މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރީ އެއަހަރުގެ ފަހުކޮޅުއެވެ. އެގޮތުން 3 ރަށުގެ 77 ގޭގެ މީހުން އޭދަފުއްޓަށް ބަދަލުކޮށް ނިމުނީ 17 ޑިސެމްބަރ 1968 ގައެވެ.

ޖަމިއްޔަތުލްވަފާ އިސް ނަގައިގެން މި ރަސްމިއްޔާތު ކުލަގަދަ ކޮށް ފާހަގަ ކުރުމަށް ނިންމާފައިވާ އިރު ގިނަ ބަޔަކަށް ފުުރުސަތު ދިނުމުގެ ގޮތުން ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތް ތައް ބާއްވަން ނިންމާފައިވަނީ އަންނަ އަހަރު މަާޗްގައި ލިބޭ ސްކޫލް ތަކުގެ ފުރަތަމަ ޓާމް ޗުއްޓީގެ ތެރޭގައެވެ.

ކުޅިވަރު އީދެއްގެ ގޮތުގައި އެއް ހަފްތާ ވަންދެން މެދު ނުކެނޑި “ރަން ޔޫބީލް އީދު” ކުރިއަށް
ގެންދިއުމަށް ވަފާއިން ވަނީ ނިންމާފައެވެ

ބ. އަތޮޅު ކިހާދޫ މީހުންވެސް ވަނީ ހިތާދުއަށް ބަދަލު ކޮށްފައެވެ. އެގޮތުން ހިތާދުއަށް ކިހާދޫ މީހުންގެ ފުރަތަމަ 12 އާއިލާ ބަދަލު ކޮށްފައިވަނީ 14 ޖޫން 1969 ގައެވެ. ބާކީ ތިބި 13 އާއިލާގެ މީހުން ބަދަލުކުރީ 22 މާރޗު 1970 ގައެވެ. ޖުމްލަ 25 ގޭގައި ކިހާދޫ ރައްޔިތުން ހިތާދޫގައި ދިރިއުޅެފައިވެއެވެ. ނަމަވެސް 18 މެއި 1975ގައި ކިހާދޫ މީހުން ވަނީ އެނބުރި އެރަށް ބަދަލު ވެފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :