ރަމްކޮ ދޯނި އަޑިއަށްދަނީ. ފޮޓޯ- އެމްއެންޑީއެފް

ބ. މާމަޑުއްވަރިން ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ދަނީ

ޢާމިރު ޢަބްދުއްލަޠީފު | 02 ނޮވެންބަރ 2018

ބ. މާމަޑުއްވަރީން ފުރައިގެން މާލެ ދަތުރުކުރި މުދާއުފުލާ ދޯންޏަކާއި ތޮޔޮބާޖެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

"ރަމްކޮ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏާއި "ހޯކް" ނަމަކަށް ކިޔާ ތެޔޮ ބާޖެއް ޖެހި ހިނގި މި އެކްސިޑެންޓެ ހިނގީ ރޭ ފަތިހުއެވެ.

ސަމަރ އައިލެންޑް މޯލްޑިވްސް ރިސޯރޓް ކައިރިން ހިނގި މިހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ފަތިހު 4:45 ހާއިރުއެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު މި ސަރަހައްދަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުގެ ޓީމެއް ވަނީ ގޮސް ހަރަކާތްތެރިވާންފަށާފައެވެ.

23 މީޓަރުގެ ދިގުމިން ހުރި މި ދޯނި ތެޔޮ ބާޖުގައި ޖެހުމުގެ ސަބަބުން ދޯނީގެ ކޮޅު މައްޔާ ފަޅައިގެންގޮސް ދޯނީގެ ބޮޑުބައެއް ވަނީ އަޑިއަށްގޮސްފައެވެ.

މި އެކްސިޑެންޓް ހިނގިއިރު މި ދޯނީގައި ތިން ދިވެހިންނާއި އެއް ބިދޭސީއަކު ހުއްޓެވެ. މިމީހުން ވަނީ ތެޔޮ ބާޖަށް ނަގާފައެވެ. މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފް ގުޅިގެން މި ދޯނި ފެންމަތި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިންބުނެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގްކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް މިހާރު ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :