ބ. ކިހާދޫ ޓިވެކް ކެރިއަރ ޑޭގެތެރެއިން. ފޮޓޯ- މީސްމީޑިއާ ހާރޫން ޔޫސުފު

ޓިވެކްގެ ކެރިއަރ ޑޭ ވަރަށް ކާމިޔާބު- ޓިވެކް

ޢާމިރު ޢަބްދުއްލަޠީފު | 29 އޮކްޓޯބަރ 2018

ރާއްޖޭގެ އެންމެ ބޮޑު ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ގައި ކިޔަވާ ދަރިވަރުންނަށް ބޭއްވި ފުރަތަމަ ކެރިއާ ޑޭ ވަރަށް ކާމިޔާބު ކަމަށް ޓިވެކުން ބުނެފި އެވެ.

ޓިވެކްގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް ވިދާޅުވީ ޓިވެކްގެ ދަށުން ތަމްރީންތައް ފުރިހަމަކުރާ ދަރިވަރުންނަށް ރިސޯޓްތަކާއި ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެ ސެންޓަރުގައި އިއްޔެ ބޭއްވި ކެރިއާ ޑޭގައި ބޮޑެތި ރިސޯޓްތަކުންނާއި އަމިއްލަ ކުންފުނިތަކުންވެސް ބައިވެރިވެފައިވާ ކަމަށެވެ.

ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ކޯސްތައް ހިންގާ އެ ސެންޓަރުގައި ހިލޭ ކިޔަމަމުން އަންނަ 12 އަތޮޅެއްގެ 44 ދަރިވަރުން މިހާރު ވަނީ ތަމްރީނުވެފަ އެވެ. އަދި އެ ދަރިވަރުން ވަނީ މަސައްކަތުގެ މާހައުލުގައި، އިތުރު ތަމްރީން ހޯދުމަށް ރިސޯޓްތަކާއި ކުންފުނިތަކުގައި އަމަލީ ތަޖުރިބާ ވެސް ހޯދައިފަ އެވެ.

ބ. ކިހާދޫގައި ހުންނަ ޓިވެކުން އަންނަނީ އެ ސެންޓަރުގެ ފުރަތަމަ ބެޗްގެ ގުރެޖުއޭޝަން މިމަހުގެ އަންނަ ބުދަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ދަރިވަރުން ހިލޭ ތިބުމަށް އެ ތަނުގައި ދަނާލެއް އަޅާފައިވާއިރު ކެއުން ވެސް ހަމަޖައްސައިދޭނީ އެ ސެންޓަރުންނެވެ. އެ ދަރިވަރުންނަށް ކިޔަވައިދޭނީ ކަމާ ގުޅޭ ދާއިރާގެ ބޭރުގެ ތަޖުރިބާކާރުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :