ޑްރައިވިން ޓްރެކް އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރު ހުޅުވައި ދެއްވަނީ.– އީޓީފޮޓޯ:/ތޯރިގް އަބްދުއްރަހްމާން

ޑްރައިވިންގ ޓެސްޓް ހަދާން އޭދަފުށީގައި ޓްރެކެއް ހުޅުވައިފި

ހިތާދޫ އޮންލައިން | 29 އޮކްޓޯބަރ 2018





އެއްގަމު އުޅަނދުފަހަރުގެ ލައިސަންސް ނަގަން ހަދަން ޖެހޭ ޓެސްޓް ހަދަން ބ. އޭދަފުށީގައި ތައްޔާރުކުރި ޑްރައިވިން ޓެރެކް ރޭ ހުޅުވައިފިއެވެ.

އަތޮޅު ކައުންސިލުން އޭދަފުށީ ހުޅަނގު ސަރަހައްދުގައި އަލަށް ގާއިމްކުރި ޓްރެކް ހުޅުވައި ދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް ނަސީރު އެވެ. މި ރަސްމިއްޔާތުގައި އޭދަފުށީގައިހުރި ސަރުކާރު އޮފީސްތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން މަބުރޫކް ވިދާޅުވީ މިއީ ބ. އަތޮޅު ކައުންސިލުންދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަދި ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް މަސައްކަތެއް ކަމަށެވެ.

މަބުރޫކް ވިދާޅުވި ގޮތުގައި ގާތްގަޑަކަށް ދޮޅު މިލިއަނެއްހާ ރުފިޔާގެ މި މަސައްކަތް މީގެ ދެބައިކުޅަ އެއްބައިހާ ކުޑަ އަގަކުން ނިންމާލެވުނީ ކައުންސިލު އިދާރާގެ މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ.

ބ. އަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ބާއްވަމުން އަންނަނީ ބ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން އޭދަފުށީގަ އެވެ.

ނަމަވެސް ރޭ ހުޅުވުނު ޑްރައިވިން ޓްރެކްގެ ސަބަބުން މި މައްސަލަތަކަށް ވެސް ހައްލެއް ލިބި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަވެގެންދާނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ބ.ބަކުރު

ތިހާ ކުޑަކަމެ ޢޭދަުއްޓައް ނުގޮސް ވާކައްނެއްތަ؟ ޓެސްޓް ހަދަން ދާއިރު ގަބުޅި ގެންދާނެތަ