މިދިޔަ އަހަރު ބޭއްވި ދިރާގު ރޯޑް ރޭހުގައި ދުވަނީ– ފޮޓޯ / ދިރާގު

ރާއްޖޭގެ އެންމެ ބޮޑު ދުވުން ފެށެން 6 ދުވަސް – އަވަހަށް ޑީއެމްއާރްއާރް އެޕް ޑައުންލޯޑް ކޮށްލާ!

ޢާމިރު ޢަބްދުއްލަޠީފު | 28 އޮކްޓޯބަރ 2018





ދިރާގު މޯލްޑްވެސް ރޯޑް ރޭހާއި ގުޅިގެން ދިރާގުން ވަނީ 2016 ވަނަ އަހަރު މި ރޭހަށް ހާއްސަ އެޕެއް ތައާރަފުކޮށްފަ އެވެ. މި އެޕްގެ ޒަރިއްޔާއިން ދުވުންތެރިންގެ ބިބުގައި ހަރުކޮށްފައިވާ ޗިޕް މެދުވެރިކޮށް ނަގާ ޑޭޓާތައް ދުވުންތެރިއާ ހަމައަށް ގެނެސްދޭނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ފެށެން 6 ދުވަހަށް ވެފައިވާއިރު މި އެޕަކީ ދުވުންތެރިންނާއި އަދި ދުވުންތެރިންގެ އާއިލާ އަދި ރަހުމަތްތެރިން ކޮންމެހެންވެސް ޑައުންލޯޑް ކޮށްލަންޖެހޭ އެޕެކެވެ.

މިއެޕްގެ އެންމެ ފާޖަގަ ކޮށްލެވޭ ފީޗާއަކީ ރިއަލް ޓައިމް ޓްރެކިން އެވެ. މާނައަކީ ދުވުންތެރިއާ އަށް އޭނާ ދުވަމުންދާއިރު ވެސް އެޕް މެދުވެރިކޮށް، އޭނާ ދުވަމުންދާ ސްޕީޑާއި ދުވަމުންދާ ރާސްތާ ބަލައިލެވުމެވެ. އަދި އޭނާގެ އާއިލާ މެމްބަރުންނާއި ގާތް މީހުންނަށް ވެސް އޭނާގެ ސްޓޭޓަސް އެޕުން ބަލައިލެވޭނެ އެވެ. މިއީ ޖީޕީއެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާއިމްކޮށްފައިވާ ފީޗަރެކެވެ. ލައިވް ޓްރެކިން އަކީ ބައިނަލްއަގްވާމީ ދުވުންތަކުގައި ވެސް ދުވުންތެރިންގެ ތެރޭގައި މަގުބޫލު ފީޗަރެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :