އޮޕްޓި ކެއާރ އިން ބ. އަތޮޅުގައި މާދަމާ އައި ކޭންޕެއް ބާއްވަނީ

ޢާމިރު ޢަބްދުއްލަޠީފު | 27 އޮކްޓޯބަރ 2018

އޮޕްޓިކެއާރ މޯލްޑިވްސް އިން ބ. އަތޮޅުގައި އައިކޭންޕެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފިއެވެ.

މި ކޭމްޕްގައި ލޯ ޓެސްޓް ކުރުމާއި ނަންބަރު ނެގުމުގެ ޚިދުމަތް މުޅިން ހިލޭ ލިބުމުގެ އިތުރުން ހެޔޮ އަގުގައި ނަންބަރު އައި ކޮންޓެކްޓް ލެންސް ވެސް ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.

އޮޕްޓިކެއާ އިން ބުނީ ބ. އަތޮޅުގެ އާބާދީ ބޮޑު 6 ރަށުގައި މި ކޭމްޕް ބާއްވާން ހަމަޖެހިފައިވާ ކަމަށާއި ކޭންޕު އޮންނާނީ ކޮންމެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރުގައިކަމަށެވެ.

މޫސުން ގޯސްވުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ކަމެއްގެ ސަބަބުން ކޭމްޕްގެ ތާރީޚަށް އެއްވެސް ބަދަލެއް އަންނަ ނަމަ އޮޕްޓިކެއާގެ ފޭސްބުކް ޕޭޖްގައި އިއުލާން ކުރެވޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

މި ކޭމްޕްގައި ޑޮކްޓަރަށް ދައްކަން ބ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ މިއަތޮޅު ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :