މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ދަރަވަންދޫގައި ބަނގުރާ ނައްތާލުމުގެ މަސައްކަތްކުރަނީ — ޕޮލިސް ފައިލް ފޮޓޯ

ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކެއް ދަރަވަންދޫގައި ނައްތާލައިފި

ހިތާދޫ އޮންލައިން | 26 އޮކްޓޯބަރ 2018

ބ. ދަރަވަންދޫ އެއާޕޯޓުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅުތަކެއް ނައްތާލައިފި އެވެ.

އެ ތަކެތި ނައްތާލީ، މައްސަލަތަކާ ގުޅިގެން ހިފަހައްޓާ ތަކެތި ނައްތާލުމަށް ގާއިމްކޮށްފައިވާ އުސޫލުގެ ދަށުން، މިދިޔަ އަންގާރަ ދުވަހު ދަރަވަންދޫގަ އެވެ.

ނައްތާލި ތަކެއްޗަކީ އެކި ބްރޭންޑް ތަކުގެ 140 ފުޅި ބަނގުރަލާއި 77 ބިޔަރު ދަޅެވެ.

ފުލުހުން ބުނިގޮތުގައި މިއީ މިއަހަރުގެ ޖޫން މަހުން ފެށިގެން އޯގަސްޓްމަހުގެ ނިޔަލަށް ދަރަވަންދޫގައި ޤާއިމްކޮށްފައިވާ ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެވެ.

މިތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ މަހުވެސް ދަރަވަންދޫ އެއާޕޯޓުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅުތަކެއް ނައްތާލައިފި އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :