އެޓޯލް ކިއުޓު ލޯންޗެއް

ކަސްޓަމަރުންގެ ޝަކުވާތަށް އެޓޯލް ކިއުޓަށް ހަޖަމެއް ނުވި

ޢާމިރު ޢަބްދުއްލަޠީފު | 25 އޮކްޓޯބަރ 2018





ބ. އަތޮޅާއި މާލެއާއި ދެމެދު ފެރީގެ ޚިދުމަތް ދެމުން އަން ބ. . އޭދަފުށީ އެޓޯލް ކިއުޓު ފެރީސާރވީސް ޚިދުމަތާއިމެދު ކަސްޓަމަރުން ޝަކުވާ ކުރުމުން އެޓޯލް ކިއުޓަށް ހަޖަމް ނުވެ ވައިބަރ ގްރޫޕުން މީހުން ބޭރުކޮށްފިއެވެ.

މިކަން ހިނގީ ހުސްވި ހަފްތާގައި ބ. ހިތާދޫން މާލެދާން މީހަކަށް ޓިކެޓު ވިއްކައި ގަޑިކުޑަތަން ވެފައި ވަނިކޮށް އެންމެ މީހަކު ހުރުމުން ހިތާދޫއަށް ނުޖެއްސޭނެ ކަމަށް ބުނި ވާހަކަ އެޓޯލްކިއުޓުން ހެދި ވައިބަރ ގްރޫޕޮގައި ޖެހުމުންނެވެ.

މި ފެރީއަކީ ތުޅާދޫ ހިތާދޫ ގޮއިދޫ މާލެއާއި ދެމެދު ދަތުރު ކުރާ ފެރީއެކެވެ. އެޓޯކިއުޓުން ބުނީ އެދުވަހު އެ ތިންރަށުންވެސް ހުރީ އެންމެ ކަސްޓަމަރެއް ކަމުން ހިތާދޫއަށް ނުޖެއްސޭނެކަން ކަސްޓަމަރަށް އަންގައި އޮޕްޝަނެއް ދީފައިވާނެކަމަށެވެ.
ާ
އެ ކަސްޓަމަރާއި ހަވާލާދީ މަޢްލޫމާތު ދިން މީހަކު ބުނީ އެޓޯލްކިއުޓުން ދިން އޮޕްޝަނަކީ ޑިންގީ އެއްގައި އޭދަފުއްޓަށް ދިއުންކަމަށެވެ. 350 ށް ޓިކެޓު ގަނެފައި ދަތުރު ކުރުމުގެ ކުރިން ދާން މިޖެހެނީ 1000 ރުފިޔާއަށް ޑިންގީއެއްގައި އޭދަފުއްޓަށް ކަމަށާއި މިއީ އޮޕްޝަނެއް ކަމަށް އެއްވެސް މީހަކު ގަބޫލު ނުކުރާނެކަމަށްވެސް އޭނާ ބުންޏެވެ.

މިޝަުވާތަށް ވައިބަރ ގްރޫޕްގައި ލިޔުމުން އެޓޯލް ކިއުޓަށް ހަޖަމް ނުވެގެން އެމީންނާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ވަނީ ބޭރުކޮށްފައެވެ.

ވައިބަރ ގްރޫޕުގައި ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެމީހުންގެ ޚިދުމަތް ރަނގަޅު ނަމަވެސް ޓިކެޓު ވިއްކުމަށްފަހު އެކަކު ހުއްޓަސް ދަތުރު ކުރެވެން ޖެހޭނެކަމަށެވެ. އެހެން ނޫންނަމަ ރަށަށް ޖައްސާނީ ވަކި އަދަދެއް ހަމަވުމުންކަމަށް ކަޑައަޅައި އުސޫލެއް އާންމު ކޮށްފައި އޮންނަން ވާނެކަމަށްވެސް ގްރޫޕުގައި ލިޔެފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Ibrahim..

އެޓޯލް ކިއުޓް އަކީ ދެރުފިޔާ ބައިގެ ބަޖެޓަކުން ފެރީ ކުރާބައެއް. އެކަކު ހުއްޓަސް ޓިކެޓް ވިއްކާފަ ގޮވައިގެން ދާންޖެހޭނީ. އުސޫލަކަށް ވާންޖެހޭނީ އެގޮތް. ކަސްޓަމަރުން މަދު ދުވަހާ ގިނަދުވަސް އަންނާނީ. ނުވަންޏާ ހުއްޓާލާ.

Gunboalaa

ނޫސްވެރިކަން އޭގެ އެންމެ ރަނގަޅު ގޮތުގައި ކުރުން މުހިންމު ގުންބޯލާ ދެކޭ ގޮތުގައި

........

ޥަރަށް ދެރަކަމެއް ... އެހެންމީހުންގެ ނަންމަތީ ކޮމެންޓް ނުކޮއްބަލަ.... 😡😡😡

ހުދުފޮށާ

އެޓޯލް ކިއުޓު މުޙައްމަދު ޚާލިދު ބުނި އަދި ވަކި ޢަދަދެއް ކަނޑައަޅާފަ ނުވާނެކަމަށް

Hithaadho boss

އާމިރު ނަދީމު އެޓޯލްކިއުޓައް ދެން ނާރައްޗޭ..މަންޒަރު ރީޗެއްނުވާނެ.

Hithaadhoo meeha

އަޅުގަނގަށް އެގިފަވާގޮތުގަ ހިތާދުއަށް އެޓޯލްކިޔުޓް ފެރީ ޖައްސަނީ މަދުވެގެން 5 މީހުން ހިތާދޫއިން ދަތުރުކުރަން ވާނަމަ. ޢެކަމަކު 2 މީހުން ގޮވައިގެންވެސް އެބަހުރިގޮސްދީފަ. އެއީ ޕެޓްރޯލް ގެ ހަރަދު ވެސްސަލާމްތްވެސްނުވާނެކަން އެގޭ. ޢެކަމައްޓަކާ އެޓޯލްކިޔުޓް ފެރީގެ މެނޭޖްމެންޓަށް ސުކުރު އަދާކުރަން. އެޓޯލްކިޔުޓް ފެރީގެ ހިތާދޫގެ ތި ވިއިބާރ ގުރޫޕްގަ މަވެސް ހިމެނޭ. ވަކިވިކި ފަރުދުން ނާ ދިމާވާ މައްސަލަތައް ހައްލުކުރާނީ ދެފަރާތުން ވާހަކަދައްކައިގެން. އެއީ ވައިބަރ ގުރޫޕުގެ އެހެން މީހުންނަށް އެގެންޖެހޭ މަޢުލޫމަތްތަކެއްނޫންކަން ފާހަގަކުރަން. އޮރިޔާން ފޮޓޯލާ ނުބައިވިހާ އެއްޗެއްކިޔާނަމަ ވައިބާރ ގުރޫޕްގެ އެޑްމިން އަށް މަޖުބޫރުވާނެ ބޭރުކުރަަން. މިލިޔުން ޝާއިރުކުރި މީހާ ކީއްވެބާ އެޓޯލްކިޔުޓް މެނޭޖްމެންޓްގެ ކޮމެންޓެއް ނުހޯދީ. މިކަމުން ދޭހަވަނީ ވަރަށް ޒާތީވެގެން ލިޔެފަވާ ޙަބަރެއްކަން .

hudufoshaa

ތިޔަ އާމިރު އާއި ނަދީމުއަށް އެޓޯލްކިއުން ޖާގަ ދީގެންނުވާނެ. ތިޔައީ ޓެސްއާ ގުޅިގެން އެޓޯލްކިއުޓާ ޖައްސާލަައިގެން އުޅޭ ބައެއް.

Eydhafushi zuvaanei

ޢާމިރު ޢަބްދުއްލަޠީފު އަންހެނުން ވެސް މަސަތްކަތްކުރަނީ ބ.އޭދަފުށި ގަތޯ.

Nadeem987

ައަޅުގަނޑަށް ވަރަށް ބޮޑަށް މާފުކުރޭ. އަޅުގަނޑަށް ޙަޖަމް ނުވަނީހަމަ. އެހެންވެ ވައިބާރ ގުރޫޕްގަ ލިޔެވެނީ.

Mady

އާމިރު އަށާއި ނަދީމައް ބުނެލަން އޮތީ ތިބޭފުޅުންވެސް ދަތުރު ކުރަން އޮތް ލޯންޗަކީ ހަމަ އެޓޯލްކިޔުޓް ކަންހަދާން ކުރަންވާނެ. މިކަނަ ހުއްޓުވަން ނޫޅޭތި. ހިތާދޫ ޒުވާނެއްގެ ހައިސިއްޔަތުން މިއަމަލު ކުއްވެރި ކުރަން.

Narus

ޢަޅުގަނޑަކީ އޭދަފުށި ހޮސްޕިޓަލްގަ މަސައްކަތް ކުރާ ހިތާދުއަށް ނިސްބަތްވާ ކުއްޖެއް. އަޅުގަނޑަށް ވަރަށްވެސް ފަސޭހަ އެޓޯލްކިޔުޓް ގެ ފެރީ ގެ ސަބަބުން. ހަފްތާ ބަންދުގަ ރަށަށް ފިރިމީހާ ކައިރިޔަށް ގޮސްލާފަ އާދެވޭ. އެޓޯލްކިޔުޓް ފެރީ ހުއްޓުވަން އުޅޭ ކޮންމެ ފަރާތަކި އަޅުގަނޑާއި އަޅުގަނޑުގެ ފިރިމީހާގެ ގުޅުމައް ހުރަސް އަޅާ ފަރާތެއްކަން ފާހަގަކުރަން.

Council

ޢާމިރު ތީ ނޫސްވެރިކަން ކުރަން އިނގޭ މީހެއް ނޫން

Nadheem

މިއީ މި ކަމުގަ އަޅުގަނޑަ ޒާތީ ވެވުނު ވަރުން ލިޔެވުނު އެއްޗެއް

Hithaadhoo council

މީ ވަރަށް ޒާތީވެގެން ލިޔެފަވާ ލިޔުމެއްކަމަށް ފާހަގަކުރަން.
ޢެޓޯލްކިޔުޓް ހަމަ ބެސްޓް

AJazeeras

ޥަކި އަދަދެއް އެބަ ހަމަ ޖައްސަށް ޖެހެ