ބ. ކިހާދޫ

ބ. ކިހާދޫން 27 ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ހިތާދޫ އޮންލައިން | 24 އޮކްޓޯބަރ 2018





ބ. ކިހާދޫން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ.

މިބބުރުގައި އެރަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 އަކަފޫޓްގެ 27 ގޯއްޗެވެ. މިގޯތިތަކަށް އެދި ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަންގާރަ ދުވަހުން ފެށިގެން ފޯމް ދޫކުރަން ފަށާނެ ކަމަށާއި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ.

ކިހާދޫ ކައުންސިލުން ބުނި ގޮތުގައި ގޯއްޗަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގޯތިލިބޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކަނޑައެޅައިވާ ގޮތުގެ މަތިން ޕޮއިންޓްދެވި، އެންމެ ގިނަ ޕޮއިންޓްލިބޭ ފަރާތްތަކަށް އިސްކަންދީގެންނެވެ. ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

އާބާދީގައި 492 މީހުން ދިރިއުޅެމުން އަންނަ ކިހާދޫން އެންމެފަހުން ގޯތި ދޫކުރީ 2013 ވަނަ އަހަރު ޑިސެމްބަރުމަހު އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :