ބ. ކަމަދޫ މަގު ބައްތިއެއް. ފޮޓޯ- ހިތާދޫ އޮންލައިން

މަގު ބައްތި މަރާމާތު ކުރަން ކުރީ ދައުރުގައި ވަނީ ނިންމާފައި- ސާޖިދު

ޢާމިރު ޢަބްދުއްލަޠީފު | 23 އޮކްޓޯބަރ 2018





ބ. ކަމަދޫގެ މަގު ބައްތިތައް މަރާމާތު ކުރަން ކުރީ ދައުރުގައި ވަނީ ނިންމާފައި ކަމަށާއި އަދިވެސް އެމަސައްކަތް ފެށިފައި ނުވަނީ އިދާރީ ބޭފުޅުންގެ އެއްބާރުލުން ލިބިފައި ނުވާތީކަމަށް ނާއިބު ރަީސް ސާޖިދު ވިދާޅުވެއްޖެވެ.

ނާއިބު ރައީސް ސާޖިދު ވިދާޅުވީ ކަމަދޫގެ މަގު ބައްތިތަކަކީ އެއްވެސް ރައްކާތެރި ކަމެއްނެތް އަދި ދުވާލުވެސް ދިއްލިފަ ހުންނަ ބައްތިތަކެއް ކަމަށާއި ކައުންސިލުގެ ކުރީ ދައުރުގައި މަރާމާތު ކުރަން އެ ކައުންސިލުން ފާސްކޮށްފައިވާ ކަމެއްކަމަށެވެ.

"ކުރީގެ ދައުރުގައި ވަނީ ފާސްވެސް ކޮށްފައި.. ޚުދު އަޅުގަނޑުވެސް ވާނީ ކޯޓޭޝަން ހޯދައި އިދާރީ ބޭފުޅުންނާ ހަވާލު ކޮށްފައި.. ބިޒީކަމުން ނުވޭ އެކަމެއް. އެމީން ދާންބޭނުން ކޮންމެ ތަނަކަށް ރަސްމީ ގަޑީގަވެސް ދެވޭ. ރައްޔިތުންނަށް ޚިދުމަތް ދޭންވީމަ ވަގުތު ނޯންނަނީ.. ބިޒީވެސް ވަނީ" ނާއިބު ރައީސް ސާޖިދު ވިދާޅުވިއެވެ.

ސާޖިދު ވިދާޅުވީ މަގުބައްތިތައް މިހާރު ހުރީ އީއެލްސީބީ ކަހަލަ ރައްކާތެރި ކަމުގެ އެއްވެސް އެއްޗެއް ހަރުނުކޮށް އަބަދުވެސް ދިއްލޭގޮތަށް ކަމަށާއި ނުރައްކާތެރިކަމުގެ އިތުރަށް ދުވާކު ދިއްލިފަ ހުރުމުން އެއީ ބޭޖާރުވެގެންދާ ބޮޑު ޚަރަދެއްކަމަށެވެ. ފެނަކައިން ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށްވެސް ސާޖިދު ވިދާޅުވިއެވެ.

ބ. ކަމަދޫ ކައުންސިލުގެ ކުރީގެ މެންބަރު ޒަރީރު ވިދާޅުވީ ކަމަދޫގެ މަގުބައްތިތައް މަރާމާތު ކުރަން އެބޭފުޅުންގެ ދައުރުގައި ނިންމަވާއި ފާސްކޮށްފައި ވާނެ ކަމަށާއި ގިނަދުވަސްވުމުން އެމަސައްކަތް ކުރިއަށްނުގޮސް ވަނީ ކީއްވެކަން ދަންނަވަން ދަތިފުޅުކަމަށެވެ.

ކަމަދޫން ވާހަކަ ދެއްކި މީހަކު ބުނީ ކަމަދޫ ކައންސިލު އިދާރާގައި ތިބީ ރައީސްގެ އާއިލާގެ ބޭފުޅުންކަމަށާއި އެމީހުން ރައްޔިތުންނަށް ޚިދުމަތް ދޭން ބޭނުންނުވާކަމަށެވެ. ރައީސަކީ އެއްވެސް ވަރަކަށް ޛިންމާދާރު ބޭފުޅެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ

މިކަމާ ގުޅިގެން ރައީސް އަދި ޛިންމާދާރު ވެރިޔާގެ ބަހެއް ހޯދުމަށް ގުޅާލުމުން އެ ދެބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ދެބޭފުޅުންގެ ބަހެއް ލިބޭޮތްވަނީ ނުވެފައެވެ.

އިދާރީ މުވައްޒަފުންގެ އެއްބާރުލުން ނުލިބޭތީ ކަމަދޫ ކައުންސި ހުއްޓުމަކަށް އައިސްފައިވާ ކަމަށް ނާއިބުރައީސް ސާޖިދުވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Shareefa

ސާޖިދު ކެއްކޮއްލާ!ދުވަސް ވެއްޖެ އެމީހުން އަޅާގަނެގެން އުޅޭތާ، ކަލެއަށް ބާރު ލިބުމުން ފައިސާގެ މައްސަލަތައް ބަލާތި ސިސްޓަމުން ހިދްމަތް ކަނޑާލި މައްސަލަ ބަލާތި!
ޔަމަކު ބޮޑުބެރު ގޮރޫޕްގެ ފައިސާގެ މައްސަލަތައްވެސްބަލާ ދޭންވާނު.
ޢިންސާފު ޤާއިމްކޮށްފަ ތިޔަތާކުން ނުކުންނާތި.ކަލެޔަކީ މޭންއެއް.ސާބަހޭ ސާޖިދުގެ ހިއްވަރައް............

Rahyyitheh

ޢޭބަލަގަ ކައުންސިލް ހުޅުވަން ތަޅުދަނޑި ހޯދަން ދިޔައީތަ!ނޫނީ އިދާރާގެ 2މަފިރިންq މާލެދިޔަޢީ ކާކުކާރީ ބުނެފާ
ޗުއްޓީގައިހުރި އެޑްމިން ކުއްޖަކު އޮފީހަށް ފޮނުވީ ރައީސްގެ ކޮއްކޮ ނޫންތާ ޅިޔަނުވެސް 2މަފިރިން ކޮންތާކުގާ.
ޢިލެކްޝަން މީހުން ފޮނުވި ވޯޓާގުޅޭ ކަރުދާސް އެއްޗެއް ހޯދަން އޮފީސް ހުޅުވީ ގާޑިޔާކާރީގަ ހުރިމީހުން ބުނީ ކީއްކުރަންތާ އޮފީސް ހުޅުވީ.

Soppe

ކަމަދޫ ކައުންސިލްގަ ރައީސަކު ނުހުންނާނެ!މަސްތުވާތަކެތީގެ މައްސަލައެއްގާ ސަމީރު ހައްޔަރުކޮށް ސާބިތު ކުރެވުނު ނަމަވެސް ޕީޕިއެމް ކެމްޕައިނަށްދޫކުރީ އޮޅުވާލާފަ،ވަރައްއަވަހަށް ސަމީރު ކައުންސިލް ރައީސް ކަމުގާ ޤާނޫނާ ހިލާފަށް ތިޔަހުރީ. ރައްޔިތުން ބަލައެއްނުގަނޭ..........ގެއް.

Masalas Kama

ކަލޭ ރައްޔިތުންނަށް ޙިދުމަތްދެނީ ކިހިނެއް؟ ގޭގަ އޮވެގެންތަ؟ އިލެކްޝަންގެ ކަމެއްގަ އިދާރާ ހުޅުވަން ތަޅުދަނޑި ހޯދަން ދިޔަ އިރު އަނބިމީހާ ގޮވައިގެން ޕިކްނިކް ހަދަން ގޮސް އޮތް ވާހަކަ މަ އަޑުއެހިން. ކަލޭގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ! އަލަ ގަހަކުން ކެޔޮ ނިރެއް ނުފަޅާނެ!

Naseeru

ސާޖިދު ކަލޭ އުޅެނީ ކޮންތާކުތަ އޮފީހަށް ސައިން އިން ވެފަ ކަލޭ އުޅެނީ ބޭރުގަ! ކަލޭ ތިއުޅެނީ ހަމަ ރަނގަޅަށްވެސް ހޭބަލިވެގެން!

Saajidhu

ކައުންސިލްގެ ރައީސް އާއި އަދި ޒިންމާދާރުވެރިޔާ ނުޖެހޭނެ ތިކަހަލަ ތާކުން ތާކުން ނުޖެހޭ ޚަބަރުތަކަށް ޖަވާބު ދާރީ ވާކަށް!

Aburuveri naibu

ކައުންސިލް އިދާރާ ގަައި އަންހެންކުދިން ތަކެއް އުޅޭތީ ދޯ ހީލި އަރައިގެން ތިއުޅެނީ! އެކުދިން ކަލެއަށް ގަޔާ ނުވީތަ އަނެއްކާ

Kamadhoo dhandehelu

ސާޖިދުގެ މިދައުރުގަ އިދާރީ މުވައްޒަފުންނާއި ޖައްސާލުން ފިޔަވާ އިތުރުކަމެއް ކުރެވުނުތަ؟
ތިކަހަލަ ކޮހެއް ގޮއްސަ ބޮޑު ގޮޑީގަ އިނދެފަ އެއްވެސް ކަމެއް ކުރަން ނޭނގޭ ހާލު ކަންތައް ހިނގާ ގޮތް ވެސް ނޭނގޭ އިރު ކަންތައް ކުރަން ބުނީމާކާ ނުކުރާނެ.
ނައިބް ރައީސް ކަން ލިބުނުފަހުން ރައްޔިތުންނާއި ކައުންސިލާއި ޖައްސާލައިފި.
ހިތާދޫ އޮންލައިން އިން ސާޖިދުގެ ބުނުމަށް ސާޖިދުގެ ކޮއްކޮ ޒަރީރު އަށް ގުޅައި މައުލޫމާތު ހޯދިއިރު އެމްޑީޕީގެ ކުރީގެ އެހެން ކައުންސިލް މެމްބަރަކަށް ނުގުޅުނީ ކީއްވެތޯ؟
ހިތާދޫ އޮންލައިން އިން ނޫސްވެރިކަން އޭގެ އެންމެ އެދެވޭ ރަނގަޅު ގޮތުގައި ކުރުމަށް އެދެން. ކަމަދޫގައި ދިރިއުޅެނީ ސާޖިދުއާއި ސަޖިދިގެ އާއިލާ އެކަންޏެއް ނޫން.
ސާޖިދުއަކީ މިހާރު އެމްޑީޕީ ކަމަދޫ ގޮފިންވެސް ބަލައިގަންނަ މީހެއް ނޫން. އެމްޑީޕީ މީހުންވެސް ތިބީ ސާޖިދު ކަހަލަ ނާޤާބިލު މީހެއް ހޮވުނީތީ ލަދުން.

Kamadhoo rahyyitheh

އިދާރީ މީހުން އެއުޅޭ ވައްތަރު ކަމަދޫ ރައްުިތުންނަށްއެންގޭ!
ސާޖިދު ކަލޭ އަށްވެސް ތިޔަތާކު ނޫޅެވޭވަރު ކުރާނެ.އެހެންވެ އަހަރުން މިތިބީ ތިޔަތާކު ނުތިބެ ދޫކޮށްފާ.