މަލަހިނި ރިޒޯޓު

ޑިންގީއެއްގެ ބިރަފަތީގައި ޖެހި ބ. ތުޅާދޫ މީހަކަށް އަނިޔާ ވެއްޖި

ހިތާދޫ އޮންލައިން | 20 އޮކްޓޯބަރ 2018

ޑިންގީއެއްގެ ބުރަފަތިން ޖެހި ބ. ތުޅާދޫ ޒުވާނަކަށް އަނިޔާ ވެއްޖެއެވެ.

މިއަދު އިރުއޮއްސި 6:40 ހާއިރު މަލަހިނި ރިޒޯޓުގައި ހިނގި މިހާދިސާގައި ބ.ތުޅާދޫ ބަގީޗާގޭ އުމަރު ހަސަން އަށް އަނިޔާ ލިބިފައިވަނީ އެ ރިސޯޓުގެ ފަޅުތެރޭގައި އިންޖީނު ސްޓާޓުކޮށްފައި އޮއްވާ، މޫދަށް ވެއްޓި ބުރަފަތީގައި ޖެހިގެން ނެވެ.

ބައެއް މީޑިއާ ތަކުން ބުނާގޮތުގައި ޑިންގީގެ ބުރަފަތީގައި ޖެހި އުމަރު ހަސަންގެ ފައި ވަރަށް ބޮޑަށް ކަފައިގެން ދިއުމުން ފައިގެ ބައެއް ކަށިތައް ވެސް ހުރީ ފެންނާށެވެ. ފައިގެ އިތުރުން އޭނާގެ ބަނޑަށް ވެސް ވަނީ އަނިޔާތަކެއް ލިބިފައެވެ. އެ އަނިޔާތަކާއެކު އޭނާ ޑިންގީއަށް އަރާފައިވަނީ ވެސް އަމިއްލައަށެވެ.

އެ ހާދިސާއާ ގުޅިގެން އުމަރު ހަސަނަށް ފަރުވާ ދިނުމަށް މިރޭ 7:00 ހާއިރު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާ ވަޒީފާ އަދާކުރަމުން އަންނަ މަލަހިނި ރިޒޯޓުގެ ފަރާތުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


އަލީ

ބޮރަފަތިކިޔާނީ ބިރަފަތިއެއްނޫ