މައިޝާ ނުވަވަނަބައި

ލިޔުނީ: ޢަބްދުލް ޙަމީދު ޢަބްދުއްﷲ / ސޫރަޖު ބ. ހިތާދޫ | 25 އޭޕްރީލް 2013





އެހެންކަމުން އެފަހަރު ފޯނު ކެނޑުނީއެވެ. އިރުކޮޅަކުން އަނެއްކާވެސް ފޮނު ރިންގް ވާންފެށިއެވެ. އެހެންކަމުން ޝައުޝަން އާއި ރައީންގެ ކަމެއް ކަމަށް ނިންމާފައި މައިޝާ ފޯނުނެގިއެވެ. ނަމަވެސް ވީ އެހެންނަކުން ނޫނެވެ . އެކޮޅުން ވާހަކަ ދެއްކީ މައިޝާ ހީކުރި ގޮތަށް ޝައުޝަންމެންނެއް ނޫނެވެ. މައިޝާ ހިތުގައި ޖެހުނެވެ. މިޖެހުނީ އެނެއްކާ އެނެއް ކަންތަކާއެވެ.

" ހަލޯ ......... މައިޝާ ....... އަފްލަޙް އާ ކައިވެނިކުރީތަ ........ ކީއްވެ އަހަރެންގެ އެދުމުގައި ކޮޅުފައިންޖަހާފައި އަފްލަޙް އާއި ކައިވެނި ތިކުރީ " އެކޮޅުން އިވުނީ މައިޝާ އާއި ހެދި ދީވާނާވެގެން އުޅޭ ޝާއިންގެ އަޑެވެ.
" މިހާރު ގުޅަންވެސް ފެށީދޯ ............ ކަލެޔާހެދި ކިހާބޮޑު ބަލާވެރިކަމެއް މަށަށް މިއޮތީ ޖެހިފާ " ރުޅިއައިސްގެން ވަރަށް ބާރަށް ޝާއިން އާއި ދިމާއަށް މައިޝާއަށް ހަޅޭލަވައި ގަނެވުނެވެ. އެއަށްފަހު މައިޝާ ފޯނު ކަނޑާލިއެވެ. އެވަގުތު އަފްލަޙްވެސް ފާޚާނާއިން ނުކުތެވެ.
" މައި .... ހާދަ އަޑުބާރުވަނީ ................ ކާކުތަ ގުޅީ " އެނދާއި ދިމާއަށް އަންނަމުން އަފްލަޙް އެހިއެވެ.
" އެ...އެއީ ......... ރަށު ..ކުއްޖެ ........ އޭނާ........ ހުންނާނީ އަހަންނާ އަޅައިގަނެފަ ......ލޯބިވަނީއްޔޯ ކިޔާގެން އަބަދު އުދަގޫ ކުރާނީ ... " މައިޝާ ޖެހިލުންވެހުރެ ޖަވާބުދިނެވެ.
" ހާދަ ހާސްވެފައި ........... ކުރީގެ އެކްސް އެއްތަ " މައިޝާ ޖަވާބު ދިންގޮތުން އަފްލަޙް ބޭނުންވީ އިތުރަށް އޮޅުން ފިލުވާށެވެ.
" އަފޫ ޝައްކުކުރަނީތަ .......... އެއީ އެކްސް އެއް ނޫނޭ .......... އަހަންނާ ހެދި މޮޔަވެގެން ....... އަބަދު އުޅޭނީ ފަހަތުން ނެއްޓެން ނޭންގިގެން........ ބޮޑު އުދަގުލެއް ......... ރަށުގަވެސް ރުޅިއައިސް ގެން އެއްޗެހި ކީމަ ވެސް އެކަމެއް ހުއްޓައިވެސް ނުލި ....... މާބޮޑަށް ލޯބިވަނީއްޔޯ ....... އަހަރެން ބުނިން ހަދާން ނައްތާލާށޭ " އަފްލަޙް ގަބޫލު ނުކޮށްފާނެތީ ހާސްވެހުރެ މައިޝާ އޮޅުން ފިލުވާދިނެވެ.
" މިހާރު މައި ތިހުރީ އަހަރެންގެ މީހެއްގެ ގޮތުގައި ......... ދެން ލާހިކެއްނޫން އެއްވެސް މީހަކަށް މައި އަށް އުދަގޫކުރާކަށް " އަފްލަޙް ބުންޏެވެ. އަފްލަޙްގެ ވާހަކައިން މައިޝާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. މައިޝާގެ ވާހަކަ ގަބޫލު ކުރުމުންނެވެ.
" ރީތި ކުދިންނަށް މީހުން ހިތް ކިޔާނެ ...... ނަސީބެއްނު މަގޭ މައި ގޯޅި ނޭޅިކަން ......... " އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ދެމެދަށް ވެރިވެފައި އޮތް ހަމަހިމޭންކަން ކަޑުވާލީ އަފްލަޙް އެވެ.
" އަހަރެން ގޯޅިއެއް ނާޅާނޭ ......... އެކަމަކު ދެން ކިހިނެއް އޭނަގެ ކިބައިން މިންޖުވާނީ ......... ޔަގީނޭ އަދިވެސް އުދަގޫ ކުރާނެކަން " މައިޝާ ހުރީ ޝާއިންގެ ކިބައިން ސަލާމަތް ވާނެ ގޮތެއް ބޭނުން ވެފައެވެ.
" ހިނގާ ސިމް ބަދަލުކުރަމާ ........ އެއީ ކަންނޭގެ އޮތް ހައްލަކީ ........ ދެން ގުޅާ ފަހަރަކުން އަހަރެންގެ އަތަށް ދީ ރަގަޅަށް ބަވާލާނަން ....... ކުރިން އެހެން އުޅުނަކަސް ދެނެއް ނޫޅެވޭނެ ........... މީހުންގެ އަނބިންނަކާ ނުބެހެވޭނެ " އަފްލަޙްގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.
" މިހާރު މާ ލަސްވެއްޖެއްނު .....ދެން ހިގާ ނިދަމާ " މައިޝާ އޮށޯތެވެ.
" އަދި އެހާލަހެއް ނުވެއެއް ނު .......... އިރުކޮޅަކު ވާހަކަ ދައްކާލަން އަދި މަޑުކޮށްލަބަލަ ..." ރައީން ވާހަކަ ދެއްކީ އޭނާގެ ލޯބިވެރިޔާ ޝައުޝަން އާއެވެ.
" އާނ ދެން ... ރައީން ބުނީމަ މަޑުކޮށްލާނީ ދޯ އެކަމަކު އެހަރަ ބާރަގަޑި ބައިވާން އުޅެނީ ..... ކޮންމެ ރެއަކުވެސް ބައްދަލު ވެވެެއެއްނު......... މިހާ ލަސްވަންޏާ ފެންނާނީ މަންމަ ހިތްހަމަ ނުޖެހުނުތަން ......އޭރުން މިފުރުޞަތުވެސް ގެއްލުނީ " ޝައުޝަން ބޭނުންވަނީ އެދެލޯބިވެރިންނަށް ލިބިފައިވާ ފުރުޞަތު ގެއްލުނަ ނުދޭށެވެ.
" ތިހެން ނުވިސްނަބަލަ ............. އިރާދަކުރެއްވީއްޔާ މަންމަ އޯކޭވާނެ........ މިރީތި ހަނދުވަރުދޭރޭގައި މިތުނޑިމަތި ކިހާ ހިތްގައިމު ......... ކިހާ ރީތި " އަރީން އޮތީ ޝައުޝަންގެ އުނގުމަތީގައި ބޯއަޅާލައިގެންނެވެ.
" އަހަންނެއް ރީއްޗެއް ނޫންތަ " ޝައުޝަން ހިތްހަމަނުޖެހޭ ގޮތް ދައްކަމުން އެހިއެވެ.
" ޝައު ރީއްޗޭ ........... " ވަޔާ ވިހުރެމުންދާ އިސްތަށިތަކުގައި ކުޅެލަމުން ރައީން ބުންޏެވެ.
" ދެން ކޮންއިރަކުން އަހަރެމެން ކައިވެނިކުރާނީ " ކުޑަ އިރުކޮޅަކެއްގެ ހަމަހިމޭން ކަމަކަށްފަހު ޝައުޝަން އެހިއެވެ.
" ކައިވެނިދޯ ........ ކިހިނެއްވީ ކުއްލިއަކަށް ކައިވެނީގެ ވާހަކަ ތިއެހީ ......" ޝައުޝަންގެ ލޮލަށް ބަލަން ހުރެފައި ރައީން އެހިއެވެ.
" މައިޝާ މެންމެސް އެކައިވެނިކުރީ ............ އަހަރެންވެސް ބޭނުމޭ އަވަހަށް ކައިވެނިކުރަން ...... "
" އަހަރެންވެސް އެބަވިސްނަން ތިކަމާ ....... " ޝައުޝަންގެ ކޮލުގައި ރައީން ފިރުމާލިއެވެ.

ރައިންގެ އެބީހުމުން ޝައުޝަންއަށް ވަރަށް އެހެންކަހަލަ އިޙްސާސްތަކެއް ކުރެވިގެން ދިޔައެވެ. އެހެންކަމުން ޝައުޝަންއަށް ލޯމަރާލެވުނެވެ. ނަމަވެސް ހަމައެހިދެވެ. ޝައުޝަންއަށް ތެޅިގަނެވުނެވެ. ގޯހެއް ނުހެދެނީސް އަމިއްލަ ނަފްސު ޝައުޝަން ކޮންޓްރޯލްކުރިއެވެ.
" ދެން ދަމާހިގާ .......... " ރައީން ތެދުވިއެވެ. ޝައުޝަންވެސް ރައީންގެ ފަހަތުން ތެދުވިއެވެ.

ޝައުޝަންގެ އަތުގައި ހިފައިގެން ރައީން ހިނގައިގަތީ ގެއަށް ދިއުމަށެވެ. ރަށުތެރެ ވަނީ ވަރަށް ހަމަހިމޭންކޮށެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް ވަނީ ނިދާފައެވެ.މަދުގެއަކުން ނޫނީ ބޭރަށް އަލި ފެންނާކަށްވެސް ނެތެވެ. ދެމީހުން ހިނގަމުން ދިޔައިރު ޝައުޝަން ހުރީ ރައީންގެ އަތުގައި ވަރަށް ބާރަށް ހިފަހގައްޓައިގެން ރައީންގެ ގައިގާ ޖެހި ފިތިގެން ކަހަލަ ގޮތަކަށެވެ.
" ކިހިނެއްވީ .......... މާބާރަށް ހިފަހައްޓައިގެން ތިހުންނަނީ ......... މިހާރު މިއޮށް މީހުން އުޅޭ ހަމައަށް އާދެވެނީއްޔޭ ......... މީހަކަށް ފެނިދާނެ " ރައީން ވައިއަޑުން ބުންޏެވެ.
" ދެން އެންމެންނަށް ކަހަލައިން އެނގޭ ކަމެއްނު މީ ........... " ޝައުޝަން އެކަމާ މާބޮޑު ސަމާލުކަމެއް ދިންހެންނެއް ހިޔެއް ނުވެއެވެ.
" އެކަމަކު ތިހެން ގައިގޯޅިކޮށް ހުއްޓާ ފެނުމުން ޚަބަރުތައް މާގޯސްކޮށް ރަށުތެރޭގައި ފެތުރެގެން ދާނެ " ރައީން މިހެން ބުނުމުން ޝައުޝަން އަށް ކުޑަ ތަންކޮޅެއް ދުރަށް ޖެހިލެވުނެވެ.
ދެމީހުން ހިނގަމުންގޮސް ޝައުޝަންގެ ގެއާއި އަރާ ހަމަވުމުން ގުޑް ނައިޓް ކިޔުމަށްފަހު ، ޝައުޝަން ގެއަށް ވަންނަންދެން މަޑުކޮށްލުމަށްފަހު، ރައީން ވެސް ހިނގައިގަތީ އޭނާގެ ގެއަށް ދިއުމަށެވެ.

ހެނދުނު ދިހައެއް ޖަހަނީއެވެ. މައިޝާ އާއި އަފްލަޙް އަދިވެސް ނުތެދުވެއެވެ. ރޭގައި އެހާލަހުން ނިދަން އޮށޯތީމާ ކަމުގައިވެސް ވެދާނެއެވެ.
" ދަރުފުޅާ އަޚްތަރު ....... ދޭބަލަ ދޮންބެއަށް ގޮވަން ..މިހާރު އެ ދިހައެއް ޖަހަނީ ...އަވަހަށް ދޭ . ބުނޭ މަންމަ ބުންޏޭ ސައިބޯން އަންނާށޭ " އާބިދާގެ ހަގު ދަރިފުޅު އަޚްތަރަށް ގޮވާލާފައި ، އާބިދާ އެދުނީ އަފްލަޙްއަށް ގޮވަން ދިއުމަށެވެ.
" އާނ.. މިދަނީ "
" ދޮންބޭ ... ދޮންބޭ .. މަންމަ ބުނީ ތެދުވެގެން ސައިބޯން އަންނާށޯ " ދޮރުގައި ޓަކި ޖަހަމުން އަޚްތަރު ގޮވިއެވެ.
" ހޫނ .. ތެދުވެފީމޭ .. " ދޮންބެ ތެދުވިކަން އެނގުމުން އަޚްތަރު ދިޔައި ބޭރަށެވެ.
" މައި .. މައި .. އަވަހަށް ތެދުވޭ ... މިހާރު އެއޮށް ދިހައެއް ޖަހަނީ ...... މަންމަ އުޅޭނެ ސައިބޯން ނައިސްގެން .. އަވަހަށް ތެދުވޭ " ފޯނުން ގަޑި ބަލާލުމަށްފަހު އަފްލަޙް މައިޝާއަށް ގޮވިއެވެ.
" ހޫން . .. ހޭލިވިއްޖޭ .. " ނިދި މޯޅީގައި އޮތް މައިޝާ ބުންޏެވެ.
" ހޭލައިގެން އޮތީޔާ ދެން ތެދުވެބަލަ .." މައިޝާގެ ބަނޑު އަފްލަޙްކޮށްޓާލިއެވެ. ހީލި ހުން މައިޝާ އަށް ފުންމައިގެ ކޮޅަށް ތެދުވެވުނެވެ.

"ކިހާ ފަސޭހަ މިހާރު ނިދި އެއްކޮށް ތިހުރީ ފިލާފަ ..... އަވަހަށް ހިގާ މޫނު ދޮވެގެން ބަދިގެ ފަރާތަށް ސައިބޯން" އަފްލަޙް މިހެން ބުނެފައި ފާޚާނާއަށް ވަނެވެ. އަފްލަހްގެ ފަހަތުން ކަހަލަ ގޮތަކަށް މައިޝާވެސް ފާޚާނާއަށް ވަނެވެ.

މޫނު ދޮވެގެން ދެމީހުން އެއްކޮށް ކާގެއާއި ދިމާއަށް ހިނގައިގަތެވެ. ހަމަ އެވަގުތެވެ. މައިޝާގެ ފޯނަށް މެެސެޖެއް އައެވެ. އެހެންކަމުން މައިޝާ އަތުގައި އޮތް ފޯނުގެ ނަގާ މެސެޖް ކިޔާލިއެވެ. ގުޑް މޯނިން މެސެޖެކެވެ. ޝާއިންގެ ފަރާތުން ނެވެ. މައިޝާ ފޯނުގައި އޮތް މެސެޖް އަފްލަޙްއަށް ދައްކާލިއެވެ.
" ތިކަންތައް ހުއްޓޭކަށް ނެތް ދޯ ........ ސައި ބޮއިގެން ދިރާގަށް ގޮސް ސިމެއް ނަގާނަން ..އޭރުން ނިމުނީނު އަޅާ ނުލާ ޑިލީޓް ކޮށްލާ " އަފްލަޙް މިހެން ބުނުމުން މައިޝާ އެމެސެޖް ޑިލީޓް ކޮށްލިއެވެ.
އެދުވަހު އަފްލަޙް ބޭރަށް ގޮސްފައި އައިއިރު އައީ ދިރާގުން ސިމެއް ހިފައިގެންނެވެ.
"މިހާރު ހެޕީތަ " މައިޝާގެ ފޯނަށް އެސިމް ލައްވާލަމުން އަފްލަޙް އެހިއެވެ. ހިނިތުން ވުމާއެކު މައިޝާ ބޯޖަހާލިއެވެ.
- ނުނިމޭ-


ކިޔުންތެރިންގެ ޚިޔާލު...


ނަން :