މާޅޮހުގައި ބޭއްވި ބެޑްމިންޓަން ކޯޗިން ކޭމްޕްގައި ބައިވެރިވި ކުދިން ކޯޗުންނާއެކު– ފޮޓޯ/މާރެސް

މާރެސް އިން ބެޑްމިންޓަން ކޯޗިންގ ކޭންޕެއް ބާއްވައިފި

ހިތާދޫ އޮންލައިން | 14 އޮކްޓޯބަރ 2018

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރުމަންޓް ސޮސައިޓީ (މާރެސް)ގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ބެޑްމިންޓަން ކޯޗިން ކޭމްޕްގެ ނިމުން ފާހަގަ ކޮށްފިއެވެ.

8 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ކޭމްޕަގައި 30 ކުދިން ބައިވެރިވި އެވެ.

ކޯޗުންގެ ގޮތުގައި މަސައްކަތްކޮށްދެއްވީ ބީޑަބްލިއުއެފް ގެ ކޯޗިން ސެޓްފިކެޓް އޮތް ބޭފުޅުންނެވެ.

މާރެސް އިން ބުނީ މިވަގުތު އަދި ފިރިހެންކުދިންނަށް ކޭމްޕް ކުރިއަށް ގެންދިޔަ ކަމުގައިވިއަސް، ކައިރި މުސްތަގުބަލެއްގައި އަންހެން ކުދިންނަށް ވެސް ހާއްސަކޮށްގެން ކޭމްޕެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އަދި މީގެ އިތުރުން މާރެސް ގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ކޯޗިން ކޭމްޕް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މާރެސް އިން މީގެ ކުރިން ވަނީ ޒުވާނުންނަށް ހާއްސަކޮށްގެން ވޮލީބޯޅަ ކޯޗިން ކޭމްޕެއް ދެ ފަހަރެއްގެ މަތިން ހިންގާފައެވެ. މިކޭމްޕް ތަކުގައި ކޯޗުކަން ކޮށްދީފައިވަނީ ރާއްޖޭންބޭރުގެ ތަޖުރިބާކާރު ކޯޗުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :