މަނިކުފާނު ދެން ތިކަން ހުއްޓާލަންވީނު! ވެރިކަން ލިބޭކަށް ނެތެއްނު!

ޢާމިރު ޢަބްދުއްލަޠީފު | 13 އޮކްޓޯބަރ 2018





ރައިސް ޔާމީނެވެ. މަނިކުފާނު ތިހުންނެވީ ބޮޑުތަނުން ބަލިވެފައެވެ. ރިޔާސީ އިންތިޚާބު ބާތިލުކޮށް ސަތޭކަ ފަހަރު ވޯޓުލިޔަސް ކާމިޔާބު ވާނޭ ހިސާބެއްގައެއް ނޫނެވެ. މާބޮޑަށްވެސް ބޮޑުސިންގާކޮށް ބަލިވެފައެވެ. އެންމެ ރަނގަޅު ގޮތަކީ ކުރިންވެސް ކުރިގޮތަށް ބަލިގަބޫލުކޮށް ވަޑައިގަތުމެވެ.

ރައީސް ޔާމީނެވެ. ކުޑަކުދިން މަނިކުފާނު ފެނުމުން ބިރުގަންނަ ފަދައިން ބޮޑެތި މީހުންވެސް ބިރުގަނެއެވެ. މަނިކުފާނުގެ ވަށައިގެން ބިރުވެރި ގޭންގުތައް އުޅޭވާހަކަ އަޑު އިވޭތީއެވެ. މީހުންމެރުން ފަދަ ބޮޑެތި ޖަރީމާ ހިންގުމުގެ ފަހަތުގައި މަނިކުފާނު ވާކަމަށް މުޅި ރާއްޖޭގައި ދެފަތްކޭތުނަސް ގޮވާތީއެވެ.

ރައީސް ޔާމީނެވެ. މަނިކުފާނަށް އެނގިވަޑައި ގަނަނަވާނެ ފަދައިން މަނިކުފާނުގެ އަރިހުގައި ތިއްބެވީ ކޮންމެވެސް ގޮތަކުން ކަޅުސިޓީ ކުރައްވައިގެން ގާތް ކުރެއްވި ބޭފުންނޫންތޯއެވެ. އެބޭފުޅުންވެސް އަބަދު ބޭނުންވަނީ މަނިކުފާނުގެ އަނިޔާވެރިކަމުން ސަލާމަތްވާށެވެ. ހުންނަނީ ފުރުޞަތެއް ލިބޭތޯ ބަލަބަލައެވެ. މިއީ ވަގުތުލިބުނު ފަހަރެވެ. ލަނޑުދީފައި ފިއްލެވީ ނޫންތޯއެވެ.

ރައީސް ޔާމީނެވެ. ރައްޔިތުންގެ ތާއީދުނެތްކަން އެނގިވަޑައިގެން ހުންނަވާ ތިކުރައްވާ ހަޑިމުޑުދާރު ޢަމަލުތައް ހުއްޓަވާ ލައްވާށެވެ. ސަފަރަކަތްދަ ގޮވައިގެން ނާއިބުގޭގައި ނާޗަރަންގީ ކުޅުއްވުމަކުން މަނިކުފާނަށް ލިބިވަޑައި ގަންނަވާނެ އުފާފުޅެއް ނޯންނާނެއެވެ.

ޜައީސް ޔާމީނެވެ. މަނިކުފާނަށް ތިހީފުޅު ކުރެއްވެނީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. މަނިކުފާނު ޖެއސެވި ހިސާބު ގޯހެއވެސް ނޫނެވެ. ގޯސްވީ ހިސާބު ޖެއްސެވި ބޭފުންނެވެ. އެބޭފުޅުންގެ އިޚްލާޞްތެރިކަމެއް ނެތުނީމައެވެ. މަނިކުފާނު އަތްފުޅުން މިލިއަނުން ފައިސާ ނަންގަވައި އޮޅުވާލެއްވީތީއެވެ. ނުލިބޭނެ ވޯޓުތައް ލިބޭނެކަމަށް ބުނެ އާބާދޫގައި ހާސް ހަމަނުވާ
ރަށްރަށުން ހާސްވޯޓު ހޯދަން ބުނީމަވެސް މަނިކުފާނު ތިހުންނަވަނީ ގުނބޯހެދިފައެވެ. މަނިކުފާނު ތިހީފުޅު ކުރައްވާ ތާއީދަކީ އަވާމެންދުރެކެވެ.

ރައީސްެ ޔާމީނެވެ. މަނިކުފާނަށް އިޚްލާޞް ތެރިއެއްނެތެވެ. މިއީކީ އަޅުގަނޑުމެން ދައްކާ ވާހަކަތަކެއްނޫނެވެ. ހަމަ މަނިކުފާނުގެ ވާހަކަތަކެވެ. މަނިކުފާނު ގޮވިހާ ގޮވެލިފައްޗެވެ. ދެއްކެވި މަންޒަރުތަކެވެ.

ރައީސް ޔާމީނެވެ. 23 ސެޕްޓެމްބަރ ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ހަރަކާތްތެރިވީ ޕީޕީއެމް ކުދިންނޫންތޯއެވެ. ފާހަގަބަދަލުކުރާ އަނގޮޓިއާއި ޔޫވީލައިޓުވެސް ބޭނުންކުރީ ހަމަ މަނިކުފާނުގެ އަނބިކަބަލުން އެޕްރުވަލް ދީގެންނެގި އޮފިޝަލުންނޫންތޯއެވެ. ކޮމިޝަންގައިވެސް ތިއްބެވީ މަނިކުފާނު އިތުބާރު ކުރައްވާ އައްޔަން ކުރެއްވި ބޭފުޅުންނޫންތޯއެވެ. މިހުރިހާ ކަމެއްވެސްު ކުރެއްވީ ވޯޓު އޮޅުވާލައިގެން ވިޔަސް އިންތިޚާބު ކާމިޔާބު ކުރައްވަންނޫންނޯއެވެ.

ރައީސް ޔާމީނެވެ. މަނިކުފާނު ތެދުވެރިން ކަމަށްބެލި އެންމެން މަކަރުހަދާ އޮޅުވާލުމުން މިއަދު ބާރާއި ރިޝްވަތުދީ އިންތިޚާބު ބާޠިލު ކުރުވުމަކުން ލިބިވަޑައި ގަންނަވާނެ އުފާފުޅެއް އެބައޮތްތޯއެވެ. ލިބޭނެ ކާމިޔާބެއް އޮތްތޯއެވެ ރައްޔިތުންގެ ތާއީދެއްނެތްތާ ނުފޫޒާބާރު ބޭނުން ކޮށްދޭންތިބި މީހުންގެ އެއްބާރުލުން ނުލިބި ކިތައްމެ އިންތިޚާބެއް ބޭއްވިޔަސް ވާނީ ހަމަ ބޮޑުތަނުން ބަލިނޫންތޯއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


YAAMIN

ތި...މެންނަށް ހަޖަމް ނުވަނީނު. ދެންވެސް ވެރިކަމުގަ ހުންނާނީ ޔާމީން ހަމަ. ކޯލިސަނަށްވާނީ 2 ދުވަސް.

Shiyam

އަދި މި އުޅޭ ބޮޅުރޮދިތައް ސަރުކާރު ނުހިންގި ވަތަކުތޯ ޖަހާނެ އެދުހުން ޔާމީނު ވަރެްް ނެތިގެން އުޅޭނެ ކޮން ބައެއް އިދިކޮޅުގަ ފެއިޅް ބާޣީ ތިން ތިނޯހު ފަގަ