ސީ ލައިސަންސް ކޯޗިން ކޯހެއް ފަށަނީ

ހިތާދޫ އޮންލައިން | 12 ޢޮކްޓޯބަރ 2018

އަންނަ އަހަރުގެ ޖެނުއަރީ 4-16 އަށް އެފްއޭއެމް އާއި ގުޅިގެން ބ. އޭދަފުށީގައި އޭއެފްސީ ސީ ލައިސަންސް ފުޓްބޯޅަ ކޯޗިން ކޯހެއް ބާއްވަން އަތޮޅު ކައުންސިލުން ތައްޔާރުވެއްޖެ އެވެ.

ބ. ހިތާދޫ. ކައުންސިލުން. ނެރުނު އިޢްލާނެއްގައި.ބުނެފައި ވަނީ މި ކޯސް ފިރިހެނުންނާއި އަންހެނުންނަށް ވެސް ހުޅުވާލާފައިވާ ކަމަށާއި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2 ގެ ކުރިން ބ. އަތޮޅު ރަށްރަށުގެ ކައުންސިލުތަކަށް ހުށަހެޅުމަށެވެ. ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯހަށް ހޮވޭ ފަރާތްތަކުގެ އަތުން 1000ރ. ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ކޯހުގައި ބައިވެރިވުމަށްއެދޭ ފޯމް ބ. އަތޮޅު ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

އެފްއޭއެމުން ދާދި ފަހުން ވަނީ އޭދަފުށީގައި ގްރާސްރޫޓްސް ކޯޗިން ކޯހެއް ވެސް ބައްވައިފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :