މިރިޔަންދޫ

ބ. މިރިޔަންދޫ ހުކުރު ދުވަހު ހުޅުވަނީ!

ހިތާދޫ އޮންލައިން | 10 އޮކްޓޯބަރ 2018





މަތީ ފެންވަރުގެ 70 ވިލާއާއެކު މިރިޔަންދޫގައި ގާއިމުކޮށްފައިވާ ވެސްޓިން ރިސޯޓު އަންނަ ހުކުރު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ދަރަވަންދޫން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރަށަކީ ސްރީލަންކާގެ އެންމެ ބޮޑު އިންވެސްޓްމަންޓް ބޭންކް، އޭޝިއާ ކެޕިޓަލް ޕަބްލިކް ލިމިޓެޑާއި ޖަޕާނުގެ މެއިލް އޯޑާ ކުންފުނި ބެލޫނާ ކޮމްޕެނީ ލިމިޓެޑު ހިއްސާވެގެން ތަރައްގީކުރި ރިސޯޓެކެ

މި ރިސޯޓު ހުޅުވާ އިރު 70 ވިލާ އާއި 29 ވޯޓާ ވިލާ އާއި 40 ސުއިޓް ހިމެނެ އެވެ. އެ ވިލާތަކުގެ އިންޓީރިއާ ތައްޔާރުކޮށްފައިވަނީ ރާއްޖެ އާއި މި ސަރަހައްދުގެ ބައެއް ގައުމުތަކުން ހޯދި ލަކުޑި ބޭނުންކޮށްގެންނެވެ.

ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު (693.9 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހެދި މި ރިސޯޓުގެ ވިލާތަކަކީ ވަރަށް ހިތްގައިމު ޑިޒައިނަކަށް ގުދުރަތީ ވައި ލިބޭ ގޮތަށް، ހަދާފައިވާ ތަންތަނެވެ. މި ރިސޯޓު ފަރުމާކޮށްފައިވަނީ އިޓަލީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޕީއީއައިއޭ އެސޯސިއޭޓީން އިންނެވެ.

މީގެ އިތުރުން ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް މަތީ ފަންތީގެ ތިން ރެސްޓޯރެންޓެއްވެސް ހިމެނެ އެވެ. މި ރެސްޓޯރެންޓްތަކުން ދިވެހި ކެއުމުގެ އިތުރުން އިންޑިއާ އާއި ޗައިނާ އަދި ޖަޕާނުގެ އިތުރުން އޭޝިއާގެ އެހެން ގައުމުތަކުގެ ކެއުންތައް ލިބެން ހުންނާނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.

މިރިޔަންދޫ ރިސޯޓު ހުޅުވަން ތައްޔާރުވެފައިވާ އިރު، މިފަހަކަށް އައިސް ގިނަ ރިސޯޓްތަކެއް މިއަތޮޅުގައި ވަނީ ހުޅުވައިފަ އެވެ. މިރިއަންދޫ ވެގެންދާނީ މިއަތޮޅުގައި ހުޅުވާ 16 ވަނަ ރިސޯޓަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :