ޙިމާޔަތް ކޮށްފައިވާ ދޫންޏަށް ގޯނާ ނުކުރުމަށް އިލްތިމާސް ކޮށްފި

ޢާމިރު ޢަބްދުއްލަޠީފު | 10 އޮކްޓޯބަރ 2018





މިދުވަސް ވަރަކީ މޫސުމީ ތަފާތު ދޫނިތަށް ރާއްޖެއަށް ހިޖުރަ ކުރަމުންދާ ދުވަސް ވަރެއްކަމަށާއި ހިމާޔަތް ކޮށްފައިވާ ދޫނި ހިފާ ހައްޔަރުކޮށް ގޯނާ ނުކުރުމަށް ހިތާދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

ހިތާދޫ ކައުންސިލުން ބުނީ މިފަދަ ދޫނިތަކަށް ގޯނާކޮށް ހިފާ ހައްޔަރު ކުރާކަމުގެ ޝަކުވާ ލިބެމުންދާމަށް އެންވައަރުމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގަވާފައިވާކަމަށެވެ.

އެހެންކަމުން މިފަދަ އެއްވެސް ދޫންޏަކަށް ގޯނާކޮށް ހިފާ ހައްޔަރުކޮށް ހެދުމަކީ މަނާ ކަމެއްކަމަށް އަަންގާކަމަށް ހިތާދޫ ކައުންސިލުން ބުނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :