ބ. ކަމަދޫ ކައުންސިލުގެ ރައީސް ސަމީރު ޕީޕީއެމް ޖަގަހައިގައި. ފޮޓޯ- ކިޔުންތެރިއެއް

މަސްތުވާ ތަކެތީގެ މައްސަލައިގާ ހައްޔަރު ކުރި ސަމީރު މިނިވަންކަމާ އެކު!

ހިތާދޫ އޮންލައިން | 08 އޮކްޓޯބަރ 2018

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ބ. ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު މިނިވަަން ކަމާއިއެކު އުޅެމުންދާކަމުގެ މަޢްލޫމާތު ލިބިއްޖެވެ.

ނަން ހާމަނުކުރުމަށް އެދި ހިތާދޫ އޮންލައިން އަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނީ އަހުމަދު ސަމީރު ޕީޕީއެމްގެ ކެންޕޭނަށް ދޫކޮށްފައި ވާކަމަށާއި އޭނާ ބަރާބަރަށް އޮފީހަށް
ހާޒިރުވާކަމަށެވެ.

ބ. ކަމަދޫން ވާހަކަ ދެއްކި މީހާ ބުނީ މަސްތުވާ ތަކެތީގެ މައްސަލައިގާ ހައްޔަރު ކޮށްފައި ތިބިއެހެން މީހުން ދޫނުކުރާއިރު ސަމީރަށް މިނިވަން ކަންމަތީ އުޅެވިގެން ނުވާނެކަމަށެވެ.

ސަމީރު ހައްޔަރުކުރީ 30 ސެޕްޓެންބަރ 2018 ވީ ހުކުރު ދުވަހުގެރޭ 9:00 ހާއިރު ކަމަށެވެ.

ޕީޕީއެމް ޓިކެޓްގައި ކައުންސިލަށް ހޮވިފައިވާ ސަމީރު ހައްޔަރު ކޮށްފައި ވަނީ ހުޅުމާލެ ފެރީ ޓާރމިނަލް ތެރެއިންނެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :