ބ. އަތޮޅުގެ ރިޒޯޓަކުން މަސްތުވާ ތަކެއްޗާއި އެކު މީހަކު ހައްޔަރު ކޮށްފި

ޢާމިރު ޢަބްދުއްލަޠީފު | 08 އޮކްޓޯބަރ 2018





، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބ.އަތޮޅު ރިޒޯޓަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ބ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުންދާ ސަޕްލައި ދޯންޏަކުން އެރިސޯޓަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ މީހެކެވެ.

އޮކްޓޯބަރ 7ވަނަ ދުވަހުގެރޭ 21:10 ހާއިރު ހިންގި މިއޮޕަރޭޝަންގައި، މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

ހިތާދޫ އޮންލައިން އަށް އެނގިފައިވާ. ގޮތުގައި ހައްޔަރު ކުރި މީހާއަކީ.މީގެކުރިން މަސްތުވާ.ތަކެތީގެ. މައްސަލައިގާ.ހައްޔަރުކުރި ކަމަދޫ. ކައުންސިލުގެ. ރައީސްގެ.ޅިޔަނެކެވެ.

މިމައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :