އެމްއޭއެމް ބިޒްނަސް ސްކޫލުން، ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކޮމްޕިއުޓާ ކޯހުގެ ތެރެއިން.

ބެލެނިވެރިންނާ ސްކޫލު ކުދިންނަށް ކޮމްޕިއުޓަރ ކޯސްތަކެއް

ހިތާދޫ އޮންލައިން | 08 އޮކްޓޯބަރ 2018





އެމްއޭއެމް ބިޒްނަސް ސްކޫލުން ބެލެނިވެރިންނާއި ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް އަމާޒު ކޮއްގެން އޭދަފުށީގައި ކޮމްޕިއުޓަރު ކޯސްތަކެއް ހިންގުމަށް އަނެއްކާ ވެސް ތައްޔާރުވެއްޖެ އެވެ.

އެމްއޭއެމް ބިޒިނަސް ސްކޫލުން ބުނި ގޮތުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ފޯ ކިޑްސްގެ ނަމުގައި ފަރުމާ ކޮށްގެން ހިންގާ މިކޯހުގައި ގްރޭޑް 1 ން ފެށިގެން ގްރޭޑް 10 ގެ ދަރިވަރުންނަށް ބައިވެރި ވެވޭނެ އެވެ.

“މިކޯހަކީ ކުރިންވެސް ވަރަށް ކާމިޔާބު ކަމާއިއެކު އޭދަފުށީގައި ހިންގާފައިވާ ކޯހެއް. މިކޯހަކީ 30 ގަޑިއިރުގެ ކޯހެއް. ބެލެނިވެރިންނަށް އަމާޒު ކޮއްގެން ހިންގާ ކޯހުގައިވެސް ބެލެނިވެރިންނަށް އެންމެ ބޭނުންކުރަނިވި ބައިތައް ހިމަނައިގެން ކޯސް ކުރިއަށް ގެންދެވޭނެ،” އެމްއޭއެމް ބިނިނަސް ސްކޫލުން ބުންޏެވެ.

މި ދެ ކޯހުގައި ވެސް ކިޔަވައިދެއްވާނީ ކޮމްޕިއުޓަރު އިލްމުން މަތީ ތައުލީމު ހާސިލް ކޮށްފައިވާ އެ ދާއިރާގެ ފުންނާބު އުސް ލެކްޗަރާއިންނެވެ.

އެމްއޭއެމް ބިޒްނަސް ސުކޫލުން މައުލޫމާތު ދޭގޮތުގައި މި ކޯސްތައް ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް ވެސް ސެޓްފިކެޓެއް ލިބޭނެ އެވެ. އަދި ކޯސްތަކުން އެއްވަނަ ހާސިލްކުރާ ދަރިވަރަށް އަދި ބެލެނިވެރިއަކަށް ވެސް ހާއްސަ އިނާމެއް ލިބޭނެ އެވެ.

އެމް އޭ އެމް ބިޒްނަސް ސުކޫލަކީ ފުޅާ ދާއިރާއެއްގައި ރައްޖޭގެ އެކި ރަށްރަށާއި މާލޭގައި ވެސް އައިޓީ ކޯސްތަކާއި ބިޒްނަސް ކޯސްތައް ހިންގަމުން ގެންދާ އިންސްޓިޓިއުޓެކެވެ. އެގޮތުން މިހާރުވެސް އޭދަފުށީގައި ޑިޕްލަމާއިން ލީޑަޝިޕް އެންޑް މެނޭޖްމަންޓް ކޯހެއް ކުރިއަށް ގެންދެ އެވެ. އަދި އިތުރު ލީޑަޝިޕް ކޯހެއް މި މަހު ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު ސާފު ކުރުމަށް އަދި ނަންނޯޓް ކުރުމަށް ގުޅުއްވާނީ 7523242 އަދި 9631111 ނަންބަރު ފޯނާއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :