ބ.އަތޮޅަށް ޔެލޯ އެލާޓު ނެރެފި

ހިތާދޫ އޮންލައިން | 03 އޮކްޓޯބަރ 2018

ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މެޓު އޮފީހުން މިއަދު ރީނދޫ އެލާޓް ނެރެފި އެވެ.

މެޓުން އޮފީހުން ބުނީ، ބ. އާއި މ. އަތޮޅާ ދެމެދުގެ ސަރަހައްދަށް މޫސުން ގޯސްވާނެތީ މިއަދު މެންދުރު 2:00 އިން އިރުއޮއްސި ހައެއް ޖަހަންދެން ރީނދޫ އެލާޓް ނެރެފައިވާ ކަމަށެވެ.

މި ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ. އެގޮތުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލަށް ވައިގަދަވާނެކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

މީގެއިތުރުން ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ހުރިހާ ފަރާތުތަކުން ވެސް އަދި ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :