ހިތާދޫ އޮންއިންގެ ނޫސްވެރިންނަށް އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށައަޅައިފި

ޢާމިރު ޢަބްދުއްލަޠީފު | 01 އޮކްޓޯބަރ 2018

ހިތާދޫ އޮންލައިންގެ ނޫސްވެރިންނަށް އިންޒާރުދިން މައްސަލަ މޯލްޑިވްސް ޕޮލިސް ސާވީސް އަށް ހުށައަޅައިފިއެވެ.

ހިތާދޫ އޮންލައިން އިން ބުނީ ނޫސްވެރިންނަށް އިންޒާރު ދިނީ އައިޑީ ކާޑު ވިއްކުމުގެ ވިޔަފާރިއެއްގެ އޯޑިއޯއެއް ހިތާދޫ އޮންލައިން އަށް ލިބުމުން އެއޯޑިއޯ ޝާއިޢްކުރާނެކަން ހާމަކުރުމުން ކަމަށެވެ.

މިއީ މިނިވަން ނޫސްވެރިކަމަށް ދޭވޭ ހަމަލާއެއްކަމަށާއި މިގޮތަށްދޭ އިންޒާރަކަށް ފަސް ނުޖެހި ތެދު މަޢްލޫމާތު ހާމަ ކުރުމުގައި ދެމިހުންނާނެކަމަށެވެ. އަދި މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށްވެސް ހިތާދޫ އޮންލައިން އިންބުނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :