ހިތާދޫ އޮންލައިންގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދީފި!

ޢާމިރު ޢަބްދުއްލަޠީފު | 29 ސެޕްޓެންބަރ 2018





ހިތާދޫ އޮންލައިންގެ ނޫސްވެރިން ހޭއަރުވާލާނެ ކަމަށްބުނެ މިރޭ އިންޒާރު ދީފިއެވެ.

ވަކިވަކިން މި ދެނޫސްވެރިންނަށް ފޯނުން ގުޅާ އިންޒާރު ދީފައިވަނީ ގްރޫޕަކުންނެވެ. އިންޒާރު ދިން ގްރޫޕުގައި ހިމެނެނީ ބ. ހިތާދޫ އާމަނަކަގޭ މުރުޠަލާ އަދުނާން އާއި ނޫރުއްޞަބާހު ޝަހްދާން ޢަބްދުއް ރައްޒާގު އާއި ސުވާސާ ހަމޫދު އަބްދުލް ޙަމީދު އަޑުކަމަށް ހިތާދޫ އޮންލައިން އިން ބުނެއެވެ.

ހިތާދޫ އޮންލައިން އިން ބުނީ މި ދެނޫސްވެރިންނަށް އިންޒާރު ދިނީ އައިޑީ ކާޑު ވިއްކުމުގެ ވިޔަފާރިއެއްގެ އޯޑިއޯއެއް ހިތާދޫ އޮންލައިން އަށް ލިބުމުން އެއޯޑިއޯ ޝާއިޢްކުރާނެކަން ހާމަކުރުމުން ކަމަށެވެ.

ހިތާދޫ އޮންލައިން ބުނީ މިއީ މިނިވަން ނޫސްވެރިކަމަށް ދޭވޭ ހަމަލާއެއްކަމަށާއި މިގޮތަށްދޭ އިންޒާރަކަށް ފަސް ނުޖެހި ތެދު މަޢްލޫމާތު ހާމަ ކުރުމުގައި ދެމިހުންނާނެކަމަށެވެ. އަދި މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށްވެސް ހިތާދޫ އޮންލައިން އިންބުނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


މީތެދެއްބާ

Fayaz

ވަރަށް ހިތާމަވެރިކަމެއް،

Aneh Dhivehi Raaj

ަަައަޑު ދެނެގަންްނަން ހާދަ މޮލޭ. ފޮރިންސިކް ޑިޕާޓްމެންޓެއްްގަ މަސައިކައި ކޮއްލުން ކިހިނެވާނެބާ ؟

Jazeeraa

ބަޔަކު މަރަށް ތެޅެނީ

Bais

މީތެދެއް ކަމުގަ ވަނީނަމަ ވަރައް ދެރަކަމެއް