ބ. ހިތާދޫ ޒެޑްލައިން ފިހާރަ. ފޮޓޯ- ހިތާދޫ އޮޮންލައިން

ބ. ހިތާދޫ ޒެޑްލައިން ފިހާރަ ރޭ ފަޅާލައިފި

ޢާމިރު ޢަބްދުއްލަޠީފު | 29 ސެޕްޓެންބަރ 2018

ބ. ހިތާދޫ ކައުންސިލުގެ ކުރީގެ ނާއިބު ރައީސް ރާޝިދު މުޙައްމަދުގެ މަޞްލަޙަތު އޮންނަ ޒެޑްލައިން ފިހާރަ ރޭ ދަންވަރު ފަޅާލައިފިއެވެ.

ރޭ އެފިހާރަ ފަޅާލިކަން އެނގުނީ މިއަދު ފަތިހު 5:30 ހާއިރު ފިހާރު ހުޅުވަން އައިރުއެވެ ފިހާރަ ފަޅާލާފައި ވަދެފައި ވަނީ ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ.

ރާޝިދު މުޙައްމަދު ބުނީ ފިހާރައިން ވަގަށް ނަގާފައި ވަނީ ކިހާ އެއްޗެއްކަމެއް އަދި ނޭނގޭ ކަމަށާއި ކައުންޓްރު މަތީގައި ބަހައޓާފައި ހުރި ސިނގިރޭޓު ކާޓޫނުތައް ނަގާފައިވާ ކަމަށެވެ.

މި މައސަލައިގާ ތުހުމަތު ކުރެވޭ މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މީހާއަކީ ރޭ ހިތާދޫގެ ފަޅުގައި ބަނދަރު ކޮށްފައި އޮތް ކަންނެލި އޮޑިއެއްގެ ވަޅުވެރިއެކެވެ.

ޜޭ އެކި ގަޑިތަކުގައި މީނާ ވަނީ ރަށުތެރެއިން ފެނިފައެވެ އަދި މީނާ ހުރީ މަސްތުގެ ހާލުގައި ކަމަށްވެސް އޭނާ ދުއް މީހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :