ބ. ކެންދޫ

ގިނަ އަދަދެއްގެ ފައިސާއާއި އެކު ބ. ކެންދޫ ކައުންސިލުގެ ތިޖޫރި ވަގަށް ނަގައިފި

ހިތާދޫ އޮންލައިން | 27 ސެޕްޓެންބަރ 2018

ގިނަގިނައަދަދެއްގެ ފައިސާއާއި އެކު ބ. ކެންދޫ ކައުންސިލުގެ ތިޖޫރީ ވަގަށްނަގައިފިއެވެ.

ބ.ކެންދޫ ކައުންސިާލުން ބުނީ ތިޖޫރީގައި 188،925 (އެއްލަކަ އައްޑިހަ އައްހާސް ނުވަސަތޭކަ ފަންސަވީސް ) ރުފިޔާ ހުންނާނެކަމަށާ، ތިޖޫރީ ގެއްލުނުކަން އެންގުނީ މިއަދު ހެނދުނު އޮފީސް ހުޅުވުމުންކަމަށެވެ.

ތިޖޫރީ ވަގަށް ނަގާފައިވަނީ ކައުންސިލްގެ ކުޑަދޮރެއް ހަލާކުކޮށް، ދޮރުގައި ޖަހާފައި ހުރި ދަގަނޑު ހޮޅިތައް ހަލާކުކޮށްލައިގެން ތިޖޫރީ ހުރި ކޮޓަރީގެ މައި ދޮރުގެ ތަޅު ހަލާކުކޮށްލައިގެންނެވެ

ތިޖޫރީގައި ހުރި ފައިސާއަކީ، ކައުންސިލަށް އެކި ގޮތްގޮތުން ލިބިފައި ހުރި ފައިސާ ކަމަށާއި، މުވައްޒަފުންގެ މުސާރަ ނެގުމަށް މިއަދު އޭދަފުއްޓަށް ދާއިރު، އެފައިސާގެ ތެރެއިން އެއްބައި ފައިސާ ޖަމާކުރަން ގެންދަން ނިންމާފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.

ތިޖޫރީ ވަގަށް ނެގި މައްސަލަ މިހާރު ބ. ކެންދޫގައި ތިބޭ ފުލުހުންނާއި، ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުޤީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :