ބ. ހިތާދޫ ވޯޓުފޮށްޓަށް މީހަކު ވޯޓު ލަނީ. ފޮޓޯ - ހިތާދޫ އޮންލައިން

ހިތާދޫގައި ވޯޓުލުން ކުރިއަށް ދަނީ - ވޯޓު ނަގަންފެށީ 9 ޖެހި އިރު!

ޢާމިރު ޢަބްދުއްލަޠީފު | 23 ސެޕްޓެންބަރ 2018

ރިޔާސީ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި މިއަދު ހެނދުނު 8:00 ގައި ފެށުމަށް ހަމަޖެހިފައި ވީނަމަވެސް ބ. ހިތާދޫގައި ވޯލާން ފެށިފައި ވަނީ 9:00 ގައެވެ.

މި އިންތިހާބުގައި ވޯޓުލުމަށް ރޭ ދަންވަރު ބާރަޖެހި އިރު ކިއުގައި ޖެހުނު މީހުން ބުނީ ހިތާދޫ ވޯޓު ފޮއްޓަށް ލާ އެންމެ ފުރަތަމަ ވޯޓަކީ އިބޫއަށްދޭ ވޯޓަކަށް ހަދަން ބޭނުންވާތީ ރޭކިއުއި ޖެހުނީ ކަމަށެވެ.

ވޯޓުލުން ލަސްވެފައި ވަނީ ޓެބްލެޓަށް މައްސަލަ ދިމާވެގެން ކަމަށް ވަނީ މަޢްލޫމާތު ލިބިފައެވެ. ފަހުން ވޯޓުލާން ފެށީ ޓެބްލެޓުގެ ބޭނުން ނުކޮށެވެ.

ބ. ހިތާދޫގައި ވޯޓު ލުން ކުރިއަށްދާއިރު ވޯޓުލުމުގެ ކަންތައްތަށް ވަރަށް ލަސްކަން ފާހަގަޚުރެވެއެވެ. 621 މީހުން ބ. ހިތާދޫ ފޮއްޓަށް ވޯޓު ލާން ރަޖިސްޓްރީ ކޮށްފައި ވާއިރު ހަވީރު 4 ޖެހި އިރު ވަނީ 300 ވަރަކަށް ވޯޓު ލެވިފައެވެ.

ކުރިން 4:00 ގައި ކިއު ބަންދު ކުރަން ހަމަޖެހިފައި ވީނަމަވެސް މިހާރު ކިއު ބންދު ކުރަން ހަމަނެހިފައި ވަނީ މިރޭ 07:00 ގައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :