ގުޅިފައިވާ ކޯލިޝަންގެ ސަޕޯޓަރުްނ

ކެމްޕޭން ނިންމުމުގެ ގޮތުން ހަމަހިމޭން ހިނގާލުމެއް

ޢާމިރު ޢަބްދުއްލަޠީފު | 22 ސެޕްެންބަރ 2018

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ރިޔާސީ އިންތިހުގެ އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ހަރަކަތްތައް ނިންމަލުމުގެ ގޮތުން ހަމަ ހިމޭން ހިނގާލުމެއް ބ. ހިތާދޫގައި ބައްވައިފިއެވެ.

އެމްޑީޕީ ހަރުގެ ކުރިމަތިން ފެށި މިހިނގާލުން ނިންމާލާފައިވަނީވެސް ހަރުގެއަށެވެ. ގުޅިފައިވާ އިއްތިހާދަށް ތައީދު ކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވި މި ހިނގާލުމުގައި ބ. ހިތާދޫގެ ބޮޑެތި މަގުތަކުގައި ވަނީ ސުލުހަ ވެރިކަމާއި އެކު ހިނގާލާފައެވެ.

އެމްޑީޕީން ބުނީ މިއީ އިދިކޮޅު ކޯލިޝަންގެ ސައިޒު ދައްކާލުމާއި އިދިކޮޅު ކޯލިޝަންގެ ބަދަހި ސަފުތައް ދައްކާލުމުގެ ގޮތުން ބޭއްވި ބޮޑު ހިނގާލުމެއް ކަމަށެވެ. އަދި މާދަމާގެ އިންތިހާބުގައި އިބްރާހިމް މުހައްމަދު ޞާލިހަށް ހިތާދޫން ބޮޑު އިންސައްތަ އެއް ނަގާނެކަމަށްވެސް އެމްޑީޕީން ބުނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :