ހިތާދޫ ފުޓުސެލް ދަނޑު ބޮޑުކުރުމުގެ މަސައްކަތް ފޮޓޯ - ހިތަދޫ އޮންލައިން

ހިތާދޫ ފުޓުސެލް ދަނޑު : ޒުވާނުންނަށް ކުރާ ފުރައްސާރައެއް!؟

ޢާމިރު ޢަބްދުއްލަޠީފު | 22 ސެޕްެންބަރ 2018

ޕީޕީއެމް ސަރުކާޜުގެ އެންމެ ބިޔަ ބޮޑު ތަރައްގީގެ މަޝްރޫއަކީ ބ. ހިތާދޫގައި ހިންގާ މަޝްރޫއެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ހިތާދޫ ޒުވާނުންނަށް ޒުވާނުންގެ ރައީސްގެ ހެޔޮފުޅުކަމުން އަޅުވައްވައި ދެއްވާ ފުޓުސެލް ދަނޑަކީ އެތަކެއް ފިޔަވައްސައް ބަހާލައިގެން ހިންގާ ބިޔަ ބޮޑު މަޝްރޫއެކެވެ.

ރައީސް ޔާމީން ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ހިތާދޫގެ ޒުވާނުންނަށް އަޅުއްވައި ދެއްވާ މި ދަނޑަށް ފަޚުރުވެރި ވަނީ ހިތާދޫގެ ކިތަކަށް ޒުވާނުްތޯ މިއީ އުފެދޭ ސުވާލެކެވެ. މި ބިޔަ މަޝްރޫއަށް ފަޚުރުވެރި ވަނީ ހައެއްކަ ޒުވާނުންނޭ ބުނެވިދާނެއެވެ.

2017 ވަނަ އަހަރުގެ މެދުތެރޭގައި ފެށި މިމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ކުރެވުނު މަސައްކަތަކީ ވަށާ ފާރު ރޭނުމެވެ. ހިތާދޫ ކައުންސިލާއި ގުޅުމެއްނެތި ކައުންސިލަށް ވާނުވާވެސް ނޭނގި ފެށި މިމަޝްރޫއު ފެށުމާއި އެކު ހިތާދޫ ޒުވާނުން އިޔައީ ރަތައް އަރައިގެންނެވެ. ގިނަ އަދަދެއްގެ ޒުވާނުން ދަނޑުގެ ސައިޒާއި މެދު ހިތްހަމަ ނުޖެހިގެން ކައުންސިލުގައި ޝަކުވާ ކުރިއެވެ. ދަނޑު ބޮޑު ކޮށްދިނުމަށް އެދުނެވެ. މިކަމާ ގުޅިގެން މިނިސްޓްރީން ހިތާދޫ ކައުންސިލަށް ދިން ޖަވާބަކީ އެހެން ރަށްރަށެކޭ އެއްފަދައިން ހިތާދޫގައިވެސް އަޅާ ދެވޭނީ ހަމަ އެއްސައިޒެއްގެ ދަނޑެއް ކަމަށެވެ.

ހިތާދޫގެ ޒުވާނުންގެ ހައްޤުގައި ކައުންސިލުން އާދޭސް ދެންނެވީމަވެސް ދެއްވީ ހަމަ އެޖަވާބެވެ. އިތުރަށް ބޭނުންވާ ޚަރަދަށް ކައުންސިލުން ޛީންމާވާނެ ކަމަށް ބުނުމުންވެސް ސަރުކާރުން ވިދާޅުވީ ހަމަ ބޮޑު ކުރޭވޭކަށް ނެތްކަަމަށެވެ. މިގޮތުގައި ފަރަތަމަ ފިޔަވަހި ނިމުނީއެވެ. ޒުވާނުންގެ ރައީސް ޒުވާނުންގެ ދަށްބަނޑުގައި ކޮޅުފައިން ޖެއްސެވީއެވެ.

ދެން ފެށުނީ ހިތާދޫ ފުޓުސެލް ދަނޑު މަޝްރޫޢުގެ ދެވަނަ ފިޔަވަހި "މެޑަމް" ފިޔަވައްސެވެ. މިފިޔަވަހި ވެގެންދިޔައީ ކުޑަ ދުވަސް ކޮޅަށް ހަލުވިކަންގެނައި ފިޔަވައްސަކަށެވެ. މިފިޔަވައި ފެށުނީ ގިނަދަުވަސްތަކެއް ވަންދެން ހުއްޓުފައި އޮތުމަށް ފަހު ރައީސް ޔާމީނުގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމް ބ. ހިތާދޫއަށް ކެމްޕޭނު ދަތުރުފުޅެއް ކުރައްވަން އުޅުއްވާ އަޑުތައް ފެތުރެން ފެށި ހިސާަބުންނެވެ. މިހިނގާ 2018 ވަނަ އަހަރުގެ ގޮގަސްޓު މަހުގެ ތެރޭގައިއެވެ. މެޑަމް އެނބުރި ވަޑައިގެންނެވި ހިސާބުން "މެޑަމް" ފިޔަވަހީގެ ސިިއްކަ ޖެހުނެވެ.

"މެޑަމް" ފިޔަވަހީގައި ނިމިފައިވަނީ ވަށާ ފާރުގެ މައްޗަށް ފެންސު ދަނގަޑު ޖަހައި މަތިން ވަށާ ދާގަނޑު އެލުވަލުމާއި ދަނޑުގެ ވަށައިގެން ބޯޑަރުގައި ގާއަތުރުގައި ޒުވާނުންނަށް ގޮތްދައްކަން ދަނޑު ބޮޑުކުރަނީ ކަމަށް ބުނެ އެގާތަށް ތަޅާއި ނަގާ ދަނޑުގެ ބިތަކުން އެއްފޫޓު ބޮޑުކޮށް ބިން ހަރުކުރުމަކާއި ނުލައި ދަނޑުގެ އެއްބައިގައި ކާޕެޓު ރޯލު ފަތުރަލުމެވެ. މިހިސާބުންވެސް ދަނޑަށް ފަޚުރުވެރިވާ ޒުވާނުން ތިބީ ގުނބޯހެދިފައެވެ.

ބ. ހިތާދޫގެ ބިޔަ ބޮޑު މަޝްރޫޢު " ފުޓުސެލް ދަނޑު" ގެ ދެން ފެށުނީ ޒުވާނުން ވާވައްދައި ވޯޓު ހޯދުމުގެ މަކަރުވެެރި ހީލަތްތެރި ފިޔަވައްސެވެ. އާދެ! "ރަތްދައްކާ އަވީގައި ގުބޯހެއްދި" ފިޔަވައްސެވެ. މިއީ ޕީޕީއެމްއަށް ތާއީދު ކުރާ މަދު ބުއްދި ފުރިހަމަ ނުވާވަރުގެ ދެތިން ޒުވާނުން ގުބޯހެއްދި ވަރަށް ކާމިޔާބު ފިޔަވައްސެކެވެ.

"ރަތްދައްކާ އަވީގައި ގުނބޯ ހެއްދި" ފިޔަވަހި ވެގެން ދިޔައީ ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބުނު ފިޔަވައްސަކަށެވެ. ދެތިން ޅަޒުވާނުން ހައްދައިގެން ފުޓުސެލް ދަނޑުައި ޖަހާފައިވާ ދާތައް ކޮށާލައި ދަނޑުތައް ކީހައި ބުރިކޮށްނަގައި ދަނޑުގެ ދެބިތުގެ ފާރުގަނޑު ތަޅާލައި ބިންސާފުރިުން ވެގެންދިޔައީ ބުއްދި ހުރި ކޮންމެ ރައްޔިތަކުމެ އަންތަރީސް ކުރުވި މަންޒަރަކަށެވެ. ކޮންޓްރެކްޓަށް ބަޔަކަާއި ޙަވާލުކޮށް ބޮޑު އަގުގައި ދަނޑު ބޮޑުކުރުމަށް ހަވަލު ކޮށްފައި ވަނިކޮށް ޕީޕީއެމް ދެތިން ކުދިން މިމަސައްކަތްތައް ކުރީ ހިލޭސާބަހަށް ސަރުކާރު ދިފާއު ކޮށް އިންތިޚާބު ކުރިން ޔާމީނުގެ ސަރުކާރުން ނިންމާފައިވާ މަސައްކަތް ރައްޔިތުްނަށް ދައްކާލުމުގެ ބޭނުމުގައެވެ.

މިހުރިހާ ކަމެއް ކުރިއިރު މި ދެތިން ޒުވާނުންނަށް އެނގިފައި ނުވާ ކަމަކީ "ރަތްދައްކާ އަވީގައި ގުނބޯ ހެއްދި" ފިޔަވައްސަ ބޭކަރު ފިޔަވައްސެއްކަމެވެ. މިއިން އެކުދިންނަށް ލިބޭނެ ރީތި ނަމެއްނެއްތާ މަޤްޞަދުވެސް ހާޞިލުވާން ނެތެްކަމެވެ. ޤަވާޢިދާ ޚިލާފަށް ކުރާ ކަންކަމަކީ ވަކި ހިސާބަކުން ހުޢްޓޭނެ ކަމެއްކަން އެނގިފައި ނެތުމެވެ. ވޯޓުލަން ދެތިން ދުވަހަށް ވީއިރު ކުރިން ނުކޮށްދެވުނު ކަމެއް މިހާރު ކޮށް ނުދެއްވާނެކަމެވެ.
ކޮންމެ އަކަސް "ރަތްދައްކާ އަވީގައި ގުނބޯ ހެއްދި" ފިޔަވަހި މިހާރު މިވަނީ ފެށިފައެވެ. މަޑުމަޑުން ކޮރުޖަހަމުން ކުރިއަށް ދެއެވެ. ކުރިއަށް ދެފިޔަވަޅު އެޅިއްޔާ ފަތަށް ތިންފިޔަވަޅު އަޅުމުން ދެއެވެ. މި ފިވަހީގައި ކުރިޔަށް ދަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބ. ހިތާދޫ ކައުންސިލުގެ ހުއްދަ ހޯދުމެއް ސަރުކަރުގެ ހުއްދަ ލިބުނެއް ނެތި ބިދޭސިންތަކެއް ލައްވައި ދަނޑުގެ ދެފަރާތުން ކަންޒުކޮނުމުގެ މަސައްަކަތެވެ.

" ބޮސް ހުންނަނީ މާލޭގަ .. އަލީބެ ބުނަނީ ކުރަނީ.. އަހަރެން ނޭނގެނީ .. ކަލޭ އަލީބޭ ކޯލު ކުރަނީ" ބިދޭސީ މީހާގެ ބަސްކޮޅެކެވެ.

ހިތާދޫ ކުއުންސިލުން ބުނީ ދަނޑު ބޮޑު ކުރަން ހުއްދައަށް އެދުމުން ބިމުގެ ހުއްދަ ލިބިފަައި ނުވާކަމަށެވެ. ބިދޭސީ މީހާ އެބުނާ އަލީބެއަށް ގުޅުމުން ފޯނު ނުނަގަވާތީ މިކަމާ ގުޅޭ އެއްވެސް މަޢްލޫމާތެއް ލިބޭގޮތެއް ނުވިއެވެ. ޔޫތު މިނިސްޓްރީގެ ބަހެއްވެސް ލިބޭގޮތެއް ނުވިއެވެ.

އަހަރު ދުވަސް ގެން ދިޔައިރު ފުޓުސެލަް ދަނޑު ނިމިފައި ނުމުމުން ހިތާދޫގެ ޒުވާނުންނަށް ފުޓުސެލް ދަނޑެއް އަޅައިދިނުމުގެ ނަމުގައި މިކުރައްވަނީ ކޮންކަމެއްކަން މިއަދު ހިތާދޫ ޒުވާނުންނަށް ވަނީ އެނގި ސާފުވެއެވެ. ހިތާދޫގެ ޒުވާނުންނަކީ ގުނބޯހެދޭ ބައެއްކަމަށް ބުނެ މިކުރައްވަނީ ފުަރައްސާރައެވެ. ސަރުކާރުން ޒުވާންުން ބޮލާފޮށާ އަޅުވަނީއެވެ. އަދިވެސް ހިތާދޫގެ ޕީޕީއެމްގެ ޒުވާނުންނަށް ތިމާމެން ތާއީދު ކުރާ ސަރުކާރުން ފުރައްސާރު ކުރާއިރުވެސް ނޭގެނީބާއެވެ؟


ކިޔުންތެރިންގެ ޚިޔާލު...


ނަން :