ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށިގައި މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން

ގައުމީ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އޭދަފުށީގައި ބޮޑު ހިނގާލުމެއް

ހިތާދޫ އޮންލައިން | 18 ސެޕްޓެންބަރ 2018





ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމޫ، ސަރަހައްދީ ފުޓްބޯޅަ މުބާރާތުން ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަ ކުރުމަށް އޭދަފުށީގައި ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ހިނގާލުމުގައި ވަނީ ގައުމީ ޓީމު ހޯދި ކާމިޔާބީއަށް މަރުހަބާގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ.

ހިނގާލުމުގެ ބައިވެރިން ބުނި ގޮތުގައި ރާއްޖެ ތަމްސީލު ކުރި ގައުމީ ޓީމުގައި އޭދަފުށީގެ ދެ ކުޅުން ތެރިން ކަމަށްވާ ހަމްޒާ (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ ) ހިމެނޭ ކަމީ ފުޓްބޯޅަ އަށް ލޯބި ކުރާ އޭދަފުށީ ރައްޔިތުންނަށް ލިބުނު ވަރަށް ޚާއްސަ އުފަލެކެވެ.

“މި ކާމިޔާބީ ލިބުގައި އޭދަފުށީގެ ދެ ކުޅުންތެރިންގެ ހިއްސާ ވަރަށް ބޮޑު. މިކަމުގެ އުފަލުގައި އަދި ގައުމީ ޓީމުގެ އުފަލުގައި ބާއްވާ ހިނގާލުމެއް މިއީ. މިއަދު އަޅުގަނޑުމެން އެންމެ އުފާވަނީ އޭދަފުއްޓަށް އުފަން ދެ ދަރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕް) ދެ ކުޅުންތެރިންގެ ހިއްސާ ވަރަށް ބޮޑު. މިފަހަރު މި ލިބުނު ރަން ތަށީގަ އޭދަފުށީގެ ހުރިހާ ރައްޔިތުން ވަރަށް ބޮޑަށް ފަޚްރުވެރިވޭ،” ކުރީގެ މަޝްހުރޫ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު ބައްޓޭ ބުންޏެވެ.

ބައްޓޭ ބުނިގޮތުގައި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އޭދަފުށީގެ ގިނަ ކުޅުންތެރިތަކެއް ގައުމީ ޓީމުގައި ހިމެނި މިފަދަ ކާމިޔާބީ ތައް ތަކުރާރުކުރުމެވެ.

“މިފަހަރު މި ހޯދި ތަށީގައިވެސް އޭދަފުށިގެ ވަރަށް ހިތްވަރުގަދަ ދެ ދަރިންގެ (ސެންޓޭ އާއި ހަމްޕް) ހިއްސާ ވަރަށް ބޮޑު. ކުރިއަށް އޮތް ތަނުގައި ޒުވާން ކުޅުންތެރިންވެސް ވިސްނަންވީ ކޮންމެ ކުއްޖަކީވެސް ސެންޓޭ އަކަށް ނުވަތަ ހަމްޕް އަކަށްވާން. އިރާދުކުރެއްވިއްޔާ ގައުމީ ޓީމަށް އެރޭނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ތިކުދިންނަށް މިކަމުގައި ދެވެން އޮތް ހުރިހާ އެހީތެރިކަމެއްދޭން. ކުރިއަށް އޮތް ތަނުގައި ކްލަބް އޭދަފުށީ ތިކުދިންނަށް ބޭނުންވާ ހުރިހާ ކަމެއްގައި ކުރިއަށްދާން ތައްޔާރަށްތިބި ވާހަކަ ދަންނަވަން،” އޭދަފުށީ ޓީމުގެ މެނޭޖަރު އަދި ކުރީގެ ކުޅުންތެރިޔާ އަބްދުލް މަޖީދު ހަސަން ބުންޏެވެ.

ފައިނަލުގައި އިންޑިއާ 2-1 އިން ބަލިކޮށް ރާއްޖެ ޗެމްޕިއަންކަން ހޯދުމަކީ ސަރަހައްދީ މުބާރާތް ދެ ވަނަ ފަހަރަށް ރާއްޖެ އިން

ބަންގްލަދޭސްގައި ބޭއްވި މުބާރާތުގެ ތަށި ހިފައިގެން ރާއްޖޭގެ ގައުމީ ޓީމު އެނބުރި އަންނާނީ އަންގާރަ ދުވަހު އެވެ. ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔަން އަންގާރަދުވަސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިހާރު ވަނީ ހަމަޖައްސަވައިފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :