ހިސާން ހުސައިން ޖަޒީރާ މެންދު ކެއުމަށް އިންސާފު ކުރައްވަނީ ފޮޓޯ- ހިތާދޫ އޮންލައިން

ކެމްޕޭން ޖަލްސާ އަކަށް ހިސާން ބ. ހިތާދޫގައި..

ޢާމިރު ޢަބްދުއްލަޠީފު | 14 ސެޕްޓެންބަރ 2018





މިމަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބުައި ގުޅިފައިވާ ޕާޓީތަކުން ވާދަކުރައްވާ ކެނޑިޑޭޓު އިބްރަހިމް މުޙައްމަދު ސޯލިހަށް ތާއީދު ހޯއްދެވުމަށް އެމްޑީޕީ ހިތާދޫ ގޮފިން އިންތިޒާމު ކުރާ ޖަލްސާއެއްގައި ބައިވެރި ވުމަށް އެމްޑީޕީ ބ. އޭދަފުށީ ދާއިރާގެ ރައީސް ހިސާން ހުސައިން ބ. ހިތާދޫ އަށް ވަޑައިގެންފިއެވެ.

އެކަމަނާ ރޭ ހިތާދޫއަށް ވަޑައިގެންނެވުމުން އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެް މެންބަރުންނާއި ތާއީދު ކުރާ ކަނބަލުންނާއިި އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަމަނާއަށް މަރުހަބާ ދެއްނެވުމަށް ބަނދަރަށް ނުކުމެފައެވެ.

މިއަދު ހިސާނު ވަނީ ކެމްޕޭން ޓީމާއި ބައްދަލު ކުރައްވާ ކެމަޕޭނު ކުރިއަށްދާ ގޮތް ބައްލަވާވައްވާ ކެމްޕޭނު ކުރިއަށް ގެންދިޔުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ޖަޒީރާ ފިސާރި ކަނބަލުން ދެއްވި ނުވަގަޑި ފަރިއްކޮޅަކާއި މެންދުރު ފަރިއްކޮޅެއްގައި އެކަމަނާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ހިސާނުގެ މިދަތުރު ފުޅުގައި މިއަދު ހަވީރު ގުޅިފާއިވަ ޕާޓީތަކުން ބ. ހިތާދޫގައި ބާޢްވާ ބޮޑު ހިނގާޅުމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި މިރޭ ބައްވާ ޖަލްސާގައި ބައިވެރި ވަޑައިގެންނެވުމުގެ އިތުރުން ހިތާދޫގެ ޒުވާނުންނާއި ބައްދަލު ކުރުވެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީ ބ. އޭދަފުށީ ދާއިރާގެ ރައީސް ހިސާނު ހުސައިން މާދަމާ މެންދުރު ފަހު ފުރާވަޑައިގެންނެވުމުގެ ކުރިން ބ. ހިތާދޫގެ ގުޅިފާއިވާ ޕާޓީތަކުގެ ފިސާރި ކަނބަލުންނާއި ބައްދަލު ކުރެއްވުމަާއި ދޮރުން ދޮރަށް ހިންގެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :