ސިނަމާލެ ބުރިޖު

އެ ބުރިޖު...

އަޙްމަދު ލަބީބު ޢަލީ | 9 ސެޕްޓެމްބަރ 2018





ސައިކަލުގައި މާލެއިން ގެއަށް ( ހުޅުމާލެ ) ދިއުމަށް ދަތުރު ފެށީމެވެ ، ބުރިޖަށް އެރުތަނާހެން ވާރޭ ހަބޭހަށް ވެހެންފަށައި ފިއެވެ. ހިޔާވާނެ ހަމައެއްވެސް ގޮތެއްނެތެވެ . ގުގުރު މާއެކު އެކިއެކި ތަންތަނަށް ހޮނު އަޅަން ފަށައި ފިއެވެ. ބުރިޖުމަތިން ދާއިރު މަންޒަރު ވަރަށް ސާފުކޮށް ފެނެއެވެ .

ބުރިޖުމަތިން ގެއަށް އައީ ތެމި ފޯވެގެންނެވެ ފޯނު ހަލަކުވެ ، ވޮލެޓްގައި ހުރި ފައިސާ ކޮޅު ތެމިފޯވެއްޖެއެވެ. ހިތަށް އަރަނީ ކޮނޑުގައި ފައިސާ ގޯނި ހިފައިގެން ބްރިޖް މަތިން ދާއިރު ވާރޭވެހިއްޖެނަމަ ، ދެން ރިހަ ކަންކަން ޖެހޭނީ ހަމަ ނަމައި ގައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަ ވެހޭ ވާރެޔާ އެކުވަމުން ދިޔައެވެ .ދެރަވީ ތެމިފޯވުމުން ނޫނެ، ފޯނު ހަލަކުވުމަކުން ވެސް ނޫނޭ ، މުސްލިމުންގެ ޖުޝްމަނަށް ދައްކަންޖެހިފައިވާ ލޯނުގެ ބޮޑުކަމުން ނެވެ. މިފަދަ ހިޔާލުތަކެއްގައި ހުއްޓައި ގެޔަށް އާދެވުނެވެ. ނިދަން އެނދުގައި ޖައްސާލުމުން އެ އައި ފޮނި ހިޔާލުތަކުން ، ހިތް އުފާކޮށް ދިނެ ، ލިބިފައިވާ ރަނުގެ ފުރުސަތުތަކުން ނެވެ، ހިތަށް އަރަނީ ވަޒީފާ އަށް ދިއުމެއް ނެތެ ، ކުރަންވީ ދަނޑުވެރިކަމެވެ ، 8000 ރުފިޔާ ޕުލަސް ދަނޑުވެރިކަމުގެ ނަފާ ލިބޭނެއެވެ. ނޫނީ މަސްވެރިކަމެވެ. 10،000 ރުފިޔާ ޕުލަސް މަސް ވެރިކަމުގެ ނަފާ ލިބޭނެއެވެ. ބަލިވިޔަސް އެއްވެސް ހާސްކަމެއް ނެތެވެ . އާއިލީ ޑޮކްޓަރުން ނާއި ނަރުހުން ނެވެ ، ހުސްނުވާ އާސަންދައެވެ ، ހިތާކަޔަކީ ކޮންމެ މީހަކަށް ވެސް ބޮޑުކަމެއް ދިމާވެއްޖެނަމަ 25 ބުރި އިމާރާތަށް ދާންޖެހުމެވެ، ބައެއް މީހުނަށް އުފާވެރި ކަމަކަށް ވިޔަސް އެތަނަށް ދާމީހުން ކުރާ ކަންކަން ވެސް ބަލާލުން ރަގަޅުތާ އެވެ . އެހެނީ ބޮޑުކަމެއް ދިމާ ވެއްޖެނަމަ 25 ބުރި އިމާރާތަށް ދަނީ ޑރ ނުފެނި ގޮތެއްނެތުމުން ނެވެ . މައްޗަށް އެރުމުން ހަތަރު އުދަރެސް ރީތިކޮށް ފެނި ދާނެ ރަގަޅު މަންޒިލެއް ވެސް ފެނިދާނެ ކަމުގެ އުންމީދުގައެވެ . ނަމަވެސް ހުރިހާ ފަރާތަކުން ވެސް ފެންނަނީ އެއްމަންޒަރެކެވެ . ކޮންމެވެސް ފައުންޑޭޝަނެއް ގެ ނަމެވެ. އެތަނަށް ދިމުން ތިހުރިހާކަމެއްގެ ހައްލުވެސް ލިބޭނޭ މީހަކު ބުނާތީވެ އަޑު އިވުނެވެ . އެއީ ކަދުރު ފާތުމާގެ ދަރުބާރުއެވެ . އަޅުގަނޑުގެ ދެވަނަ މައުޞޫ އަކަށް ވާނީ ( ލޯކަލް އިންތިހާބުގައި ރަން އިލޮށިން ކަދުރު ކާންދިނުން )

ހިޔާލުތައް ފޫދުންވާލީ ކުއްލިޔަކަށް އިވުނު އަޑުތަކަކުން، ދޮރުގައި ޓަކިޖަހާ އަޑެވެ. ދޮރުފަތުގެ އެކި އެކި ދިމާލުގައެވެ . ހީވާގޮތުން ބައްދަލު ވާންމިއުޅެނީ އެތައް ބައިވަރު ފަހުލަވާނުން ނާއެވެ. ކުރާނެ ކަމެއް ނެތެ ދޮރުހުޅު ވުމަށް މަޖުބޫރު ވެއްޖެވެ . ދޮރުން ދޮރަށް ހިގަނީ ކަމަށްވެސް ހީކުރެވުނެ ، ކޮންމެ ހީ އަކީ ހަގީގަތެއް ނޫނެވެ. ވަރަށް ވެސް ހިއްގައިމު މަންޒަރެކެވެ ، ވަޒީފާތަށް އުތުރި އަރަނީ އެވެ ، ރަނުގެ ފުރުސަތު ތަކާއި ރިނީގެ ފުރުސަތުތަކެވެ . އަސްރަފީ ތަކާއި ޔާގޫތާއި ރަތްލާލު ފުރު ސަތުތަކެވެ. މިމަންޒަރު ފެނުމުން ހިއްތަށް އުފަލުން ފޮޅިގެން އަސުރުމަލެއް ހެން ވާނެއެވެ. ސިފަވަނީ ހިތަށް އަރަނީ ، އިހްސާސް ކުރެވެނީ ، މިވަޒީފާ ތަށް ހިފައިގެން އުޅެނީ މާމުއި ކުޅަދުރު ތަކެއް ، އޭގެ ހަތާ ހިފައިގެން ކުރިމައްޗަށް އައިސް ބޭނުން ވަރަކަށް މާމުގި ނަންގަވާށޭ ބުނޭ ހެންނެއެވެ . ގަބޫލެއް ވެސް ނުކުރެވެއެވެ . އެކިއެކި ވަޒީފާތަކާއި ވާހަކަ ދައްކަން ހުއްޓައި ފަތިސް ނަމާދަށް ބަންގި ގޮވާ އަނޑު ހިވެން ފަށައިފިއެވެ. ކުއްލިޔަކަށް ފަޒީފާތައް ގެއްލިއްޖެއެވެ. ފަތިސް ނަމާދަށް ދިއުމަށް ގެއިން ބޭރަށް ނިކުންނަން ދޮރު ހުޅުވުމުން ދުވި ނުބައިވަހުން ނޯއްދަމާ ލަން ނުކެރުނުވެ . މަގުގެ އެތައް މިތަނުގައި ވަޒީފާތައް ކުނިވެފައެވެ . ގޮވާ މީހަކު ގޮވައެވެ . ކޮބާހޭ ވެމްކޯ މީހުން . މިސްކިތަށް ދިއުމަށް މާގިނަ އިރެއް ނުވިއެވެ . ނަމަވެސް ހިތާމަޔަކީ މިސްކިތް ހުރިތާ ހުރީ ޕޕޕ ޖަގަހައެކެވެ . ހައިރާންވެ އަންތަރީސް ވާންވީ މިކަހަލަ ކަންކަމާ ނޫންތޯ އެވެ . ރުޅިވެސް އައެވެ .

ހިތް ދިޔައީ ނުތަނަވަސް ވަމުންނެވެ، ކުރިމަތިވަމުން ދިޔަ ހާދިސާ ތަކުންނެ ދަރިފުޅު ގޮވައިގެން ސްކޫލަށް ދަމުން ވެސް ކުރެވީ އެއް ހިޔާލެކެވެ ، އެއް ނަންބަރ ، ކޮބާހޭ ، ވޯޓް ދޭންވީ ސަބަބަކީ ކޮބާހޭ؟ ކަމަކުދާކަށް ނެތެވެ . ސްކޫލް ވެސް ބަންދު ކޮށްފިއެވެ . ޖަގަހަ ހަދައި ފިއެވެ . ހިތަށް ވެރިވަނީ ބޮޑު އިބިލީހުގެ ރަން ތާޖު ކޮރު އިބިލީހަށް ދެވުނު ހާދިސާ އެވެ . ސްކޫލަށް ދާ ކުއްޖަކަށް ވަސްވާސް ދިނުމުން ކޮރު އިބިލީހަށް ރަން ތާޖް ލިބުނެވެ ، ޕޕޕ ކުދިން ނަށް ބޮޑުވެގެން ވާ ހަދިޔާ އެއް ، ބޮޑު އިބިލީސް ދޭނޭ ކަމަށް ޕޕޕ ކުދިން ހިތްތަކަށް އަރަނީ އިބިލީ ހުގެ ވަސްވާހުންނެވެ . ނަމަވެސް އާހިރުގައި ލިބޭނީ ގެއްލުމާއި ހަލާކު ކަމަށް އަޅުގަނޑު ދެކެމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


kaunselaru

ދެންޖެހޭނީ ފާފު ޑަވިޔަނި ގިރައިގެން ބޯން. އެއޮތީ ބުރިޖުވެސް އަޅާފަ. އެ ބުރިޖަށް ތިޔައޮތީ އަރަންވެސް އެރިފަ. އޭގެ ހިތްގައިމުކަމާ ވީ ފަސޭހައިގެ ބޮޑުކަމުން މީހާ ހޭބަލިވީ. މިޔަކީ ތިޔަކަހަލަ ބުރާންޗެއްނޫނޭ ހިމާރާ

Rasheed

އަޙްމަދު ލަބީބުއަށް ބުނެލަންއޮތީ، ކަލޭތީ ދުނިޔޭގެ އެއްވެސް ތަނެއްގަ ބްރިޖެއްގަ ދަތުރު ކުރިމީހެއްހޭ ނުވަތަ ޔޫޓިއުބުންވެސް ނުވަތަ އެހެން ތަނަކުންވެސް ބްރިޖްތަކުގަޔާއި ހައިވޭ ތަކުގައި ވާރޭ ވެހޭއިރަށް ހިޔާކުރަން ބޮޑެތި އިމާރާތްތައް ހަދާފަ ހުރިތަން ބެލި މީހެއްހޭ؟ ތަނެއް އޮތީތީ ލަދެއްނެތި ލިޔުމަކީ މިފަދަ ޒަމާނެއްގައި ވަރަށް ނާތަހުޒީބު ކަމެއް. ބްރިޖްމަތިން ދަނިކޮށް ވާރޭ ވެހޭނަމަ އެމީހަކު ޖެހޭނީ އެއްފަރާތަކަށް މަޑުކޮށް ކޯޓްލާން ނޫނީ ތެމިގެން ދާތާކަށް ދާން. ދުނިޔޭގެ އެންމެ ކުރިއަރާފަ ހުރި ޤަައުމުތަކުގަވެސް އޮންނަ ގޮތްއެއީ.. ދެން ބުނެލަންއޮތީ ދިވެހިން މިދެކޭ ތަރައްޤީގައި ޔާމީންކޮށް ދިންފަދަ ޚިދުމަތެއް މިދިވެހިރާއްޖޭގެ އެއްވެސް މީހަކު ކޮށްދީފައެއްނެތް. މިހާރު އޮތްސަރުކާރު އެއްމަސްތެރޭ ޔާމީނު ފަސްއަހަރުން ނެތި ލޯނަށްވުރެ ބޮޑު ލޯނު ނަގައިފި. ލަބީބު ބަލާތި 25 ބުރީގެ ހޮސްޕިޓަލާ، ބުރިޖާ، އަދިި އެނޫންވެސް ޔާމީން ސަރުކާރުން ހުރިހާ ރަށެއްގައި ހިންގި ބޮޑެތި މަޝްރޫޢުތަކާ އެއްވަރެއް ކީއްކުރަން އެއްކަމެއްވެސް ވޭތޯ....30.5 ބިލިޔަން އަހަރަކަށް ކަނޑައަޅައިގެން 2.4 ބިލިޔަން ޑޮލަރ ލޯން ނަގައިގެން ވާކަމެއް ބަލާ....

Huvaaatha

ކީމަ ކިޔޭނެ ކޮންމެ އެއްޗެއްވެސް....ހަމަ ހަޖަމު ނުވަނީ އޭ ބުނެބަލަ