އީދުބޭ ފުރުވާލަނީ ފޮޓޯ- ހިތާދޫ އޮންލައިން
ހިތާދޫ އޮންލައިން | 25 އޯގަސްޓު 2018
މި އަހަރުގެ ޢަޟްޙާ ޢީދު ފުފާ ފާޅުކުރުމަށް ބ. ހިތާދޫ ގައި ކުޅުނު ކުޅިވަރުތައް ރޭ ނިންމާލައިފިއެވެ.
ކޮންމެ ހައަހަރަކުވެސް ޢީދު ކުޅިވަތައް ނިންމާލަނީ "ޢީދުބޭ ފުރުވުމުގެ" ހަރަކާތުންނެވެ. ޢީދުބޭ ފުރުވަލުމުގެ ކުޅިވަރަކީ އީދުގެ ހަތަރުވަނަ ދުވަހުގެ ރޭ މަޣްރިބް ނަމާދަށްފހު ޢީދު ފެށުމުގެ ގޮތުން ޢީދު ފުރަތަމަ ދުވަހުގެ ފަތިސް ނަމާދަށް ފަހު އެރުވި އީދުބޭ މަލި ނެރުމެވެ. މި ރޭގަ ކިޔާ ލަވަޔަކީ އީދައި އެރި އީދުބޭ ފުރުވާލަން ދާ ވަހަކަތަކެވެ. މިއީ ބ. ހިތާދޫގައި ކުޅެވޭ ޡަޤާފީ އެންމެ ދުވަސްވީ ކުޅިވަރެވެ.
ފޯރިގަދަ މިއީދުގައިވެސް ޢީދު ކުޅިވަރުތައް ކުޅެފައިވަނީ ހިތާދޫގެ ދެއަވަށަށް ބައިވެގެން ދެއަވަށް ވަކިންނެވެ. އީދު ކުޅިވެރުތަކެގެ ތެރޭގައި ސްޓޭޖު ކުޅިވަރުގެ އިތުރުން ފުޓުބޯޅަ އާއި ޡަޤާފީ ކުޅިވަރުތައް ވަނީ ކުޅެފައެވެ.
ޘަޤާފީ ކުޅީވަރުތަކުގެ ތެރޭގައި ޢީދުބޭާއެރުވުމާއި އީދު ހޫލުޖެހުމާއި ލަނގިރި ޖެހުމާއި ގާއޮޑި ޖެހުމާއި ލެލިމަލި ނެރުމާއި ބިލެއްދަފި ޖެހުމުގެ އިތުރުން ބޮޑުމަސް ބޭނުނުމެގެ ކުޅިވަރު ވަނީ ކުޅެފައެވެ. މީގެ އިތުރުން މިފަހަކަށް އައިސް ދަނޑުމަތި އަވަށުން ކުޅެމުން އަންނަ ލަނގިރި ޕެރޭޑުގެ ކުޅިވަރު ވަނީ ކުޅެފައެވެ.
ޒަމާނުއްސު ކުޅެމުން އަންނަ މަގުމަތީ ކުޅިވަރުތައް ކަމަށްވާ ފަން ކުޅުމާއި ދަނޑި ކުޅުންފަދަ މަގުމަތީ ކުޅިވަރުތައް މިފަހަކަށް އައިސް ދަނީ އުވެމުންނެވެ.
އާބާދީގައި 1400 އެއްހާ މީހުން ރެޖިސްޓްރީވެފައި އޮންނަ ބ. ހިތާދޫގައި އާޢްމުކޮޑް ދިރިއުޅެނީ 750 އެއްހާ މީހުންނެވެ. ގިނަ އަަދަެއްގެ މީޙުން ޒިޔާރަތް ކުރި ބ. ހިތާދޫއަށް މިއަހަރުގެ އީދަށް ވަނީ ގިނަ އަދަދެއްގެ މީހުން ޒިޔާރާތް ކޮށްފައެވެ.
ކިޔުންތެރިންގެ ޚިޔާލު...
ފަހުގެ ލިޔުންތައް..
04 މާރޗު 2021
25 ފެބުރުވަރީ 2021
18 ފެބުރުވަރީ 2021
11 ފެބުރުވަރީ 2021
06 ފެބުރުވަރީ 2021
05 ފެބުރުވަރީ 2021
31 ޖަނަވަރީ 2021
29 ޖަނަވަރީ 2021
25 ޖަނަވަރީ 2021
18 ޖަނަވަރީ 2021