އީދު ހުޅުޖަހަނީ ފޮޓޯ- ހިތާދޫ އޮންލައިން

އިރުމަތީ ކޮޅު ޢީދު ހުޅާއި އެކު ބ. ހިތާދޫ ޢީދު ކުޅީވަރުތައް ފަށައިފި!

ޢާމިރު ޢަބްދުއްލަޠީފު | 21 އޯގަސްޓު 2018





ބ. ހިތާދޫގައި ބަރަކާތްތެރި ޢަޟްޙާ އީދުގެ އުފާ ފާޅު ކުރުމަށް ކުޅެވޭ ޢީދު ކުޅިވަރުތަށް ފެށުމުގެ ގޮތުން ބ. ހިތާދޫގެ އިރުމަތި އަވަށުން ގެނެސްދޭ ޢީދު ހުޅާއި އެކު ހިތާދޫގެ ޢީދު ކުޅިވަރުތައް ފަށައިފެވެ.

ޢީދު ކުޅީވަރު ފެށުމުގެ ގޮތުން ރޭ 08:30 ގައި ކުރިއަށް ދިޔަ ޢީދު ކުޅިޖެހުމުގެ ކުޅިވަރު ބެލުމަށް ހިތާދޫގެ ރައްޔިތުންނާއި ޢީދު ޗުއްޓީއަށް ހިތާދޫއަށް ޒިޔާރަތްކުރި އެންމެން ކަހަލަ ގޮތަކަށް ވަނީ އައިސްފައެވެ.

ޢީދު ހުޅަކީ މީގެ އަހަރުތަކެއް ކުރީން ބ. ހިތާދޫގައި ކޮންމެ އަހަރަކުވެސް ދެ އެވަށުގައި ވަކިވަކިން ކުޅެމުން ގޮސްފައިވާ ކުޅިވަރަރެކެވެ. އަލިފާނުގެ މިކުޅިވަރުގެ ތެރޭގައި މީހަކަށް ދިމާވި ނުރައްކާތެރި ޙާދިސާއަކަށް ފަހު ޢީދު ހުޅު ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް އޮތުމަށްފަހު ހުސްވި އަހަރު ވަނީ އަނެއްކާވެސް މިކުޅިވަރު ފަށާފައެވެ.

މީގެ އިތުރުން ކުރިން ޢީދު ކުޅިވަރުތައް ފެށުމުގެ ގޮތުން " ޢީދުބޭ " އެރުވުމުގެ ކުޅިވަރުވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. ޢީދުބޭ އަރުވަނީ އީދު ކުޅިވަރުތައް ފެށުމުގެ ގޮތުންނެވެ. އީދުބެއަކީ ހިތާދޫ ދަނޑުމަތި އަވަށުން ކޮންމެ ޢަޟްޙާ ޢީދެއްގެ އީދު ދުވަހުގެ ފަތިސް ނަމާދައްފަހު ނެރޭ މާއްޔެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


އާކާސް މުހައިމިނު ކުޅުއްފުށި

ހިތާދޫ މިއީ މުސްލިމުންގެ އީދުތަކާއި ހިލަފުވާބައެއްދޯ...