މެޑަމް ފާތިމަތު އިބްރާހަިމްގެ ބ. އަތޮޅުގެ ދަތުރުގެ ތެރެއިން

އަޅުގަނޑުމެން ބޭނުންވަނީ ކަމަނާގެ އެހީއެއް ނޫން – ޖަޒީރާ އާއިލާ

ޢާމިރު ޢަބްދުއްލަޠީފު | 15 އޯގަސްޓު 2018





މެޑަމެވެ. އަޅުގަނޑުމެންނީ ޖަޒީރާއްޖޭގައި ދިރިއުޅޭ ޖަޒީރާވަންތަ ޖަޒީރާ ރައްޔިތުންނެވެ. ޖަޒީރާވަންތަ ޖަޒީރާ އާއިލާއެވެ. އަޅުގަނޑުމެންެގެ ދިރިއުޅުމަކީ ޖަޒީރާވަންތަ ދިރިއުޅުކެވެ. މާލޭގެ ބޭފުޅުންގެ ދިރިއުޅުމާއި އަޅުގަނޑުމެންގެ ދިރިއުޅުމާއި ހާސްބައި ތަފާތުވާނެވެ. އުޑާ ބިމާހާ ތަފާތުވާނެވެ.

ކަމަނާއެވެ. އަޅުގަނޑުމެންގެ ޖަޒީރާ ރާޢްޖޭގެ ޖަޒީރާ ޢާއިލާތަކުގެ އާއިލީ ގުޅުން އެކަތައަށްވުރެ ބާރުގަދަވާނެއެވެ. ޖަޒީރާ ޢާއިލާގެ މެންބަރުންގެ ގުޅުން ވަރަށް ބަދަހިވާނެވެ. އެއްބަނޑުމެންގެ އަކަކު އަނެކަކު އެއްބަފާ ބޭބެ ނުވަތަ ކޮށްގެ މަރައި އަނިޔާ ދީފައި ތިމާގެ އަމިއްލަ ބޭނުން ފުއްދާކަށް ނޫޅޭނެއެވެ. ތިމާއަށް ލިބޭ މަދު ކާއެތި ކޮޅުވެސް ކައިބޯ ހަދާނީ އަވަްޓެރިޔާއަށްވެސް ދީގެނެވެ.

މެޑަމެވެ. ޖަޒީރާ ކޮންމެ ރައްޔިތަކުވެސް އުޅޭ ޖަޒީރާވަންތަ ދިރިއުޅުމަކީ ހިތްހަމަޖެހި އުފާފާގަތި ކަންމަތީގައި އުޅޭ ދިރިއުޅުމެކެވެ. ޖަޒީރާ ރާޢްޖޭގައި ވައްކަން ކުރާ ބަޔަކު ނޫޅޭނެއެވެ. މަގުފޭރޭ ޔަބަކު ނޫޅެއެވެ. މީހުން މަރާ މާޜާމާރީ ހިންގާ މީހުންވެސް ނޫޅެއެވެ. ޖަޒީރާ ޒުވާނުންނަކީ ހަރުދަނާ ޒުވާނުންނެވެ. ޖަޒިރާ ޒުވާނުްނަކީ ލާޗާރު ބިޗާރުވެ ދިވެހިރާއްޖެ ފަދައިން ގޭންގު ހަދައިގެން މުއްސަދިންގެ ފައިބުޑުން ކައިބޮއި އެމިހުންނަށް ޖަރީމާ ހިންގާދޭ ބަޔެއް ނޫނެވެ. ޖަޒިރާ ޒުވާނުންނަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައި ތިބި ބަޔެކެވެ.

މެޑަމެވެ. ކަމަނަ އަޅުގަނޑުމެންގެ ހާލު ބައްލަވާލަން ވަޑައިގެންނެވީތީ އުފާކުރަމެވެ. ނަމަވެސް ދެރަކަމަކީ ޖަޒީރާ ރާޢްޖޭގެ މީހުންގެ ޖަޒީރާވަންތަކަން ނުދަނެ ހުރެ ވަޑައިގެންނެވީމައެވެ. އަދި ވަޑައިގެން މަލާލާތް ކުރައްވާ ފުރައްސާރަ ކުރެއްވީމައެވެ. އެހެންނަމަވެސް ޖަޒީރާ ރާއްޖޭގެ ރައްޔިތުންނަކީ އިސްލާމީ މަތިވެރި އަޚްލާޤުން ޒީނަތްތެރިވެ ތިބޭ ރައްޔިތަކަށްވާތީ ކަމަނާއަށްްވެސް އިޚްތިރާމު ކުރީއެވެ.

މެޑަމެވެ. ކަމަނާ އާޢި ޖަދަލުކޮށް ޒުވާބު ނުކުރިނަމަވެސް ޖަޒީރާ ރައްޔިތުންަނަކީ މީހުންނަށް ސަލާން ޖަހަންޖެހޭވަރުގެ ނިކަމެތި ބައެއްނޫނެވެ. ކަމަނާގެ އެހީތެރިކަން ނުލިބުނަސް ޖަޒީރާ ޢާއިލާތައް އުޅޭނީ އުފަލުގައެވެ. ފުދިގެންނެވެ. ކަމަނާއެވެ. ބުނަން ހެއްޔެވެ؟ ކަނަމާ ވީ އެހީ އަޅުގަނޑުމެންނަށް ވަނީ ބޮޑު ވޭނަކަކަށެވެ. ޚިތާނު ކޮށްފައި އާސަންދައިން ލާރި ކެނޑީއެވެ. ބޭރުން ލިބުނު ކަދުރުވެސްމެއެވެ. ހައްޖު ކޯޓާގެ ވާހަކަ ނުދައްކަން ހުރިނަމަވެސް ކުރީމަތީގައި ޖަޒީރާ ރަށަށް ވަޑައިގެން ފުރައްސާރަ ކުރެއްވީމާ އޮބިނޯވެގެން ބުނެވުނީއެވެ.

މެޑަމެވެ. ޖަޒީރާ ރައްޔިތުންނަކީ އުފާ ފާގަތި ކަންމަތީ ތާހިރު ދިރިއުޅުމެއް އުޅޭ ބަޔެކެވެ. ހަލާލު މަސައްކަތުން ހޯދާ ފައިސައިން ކައިބޯ އުޅޭ ބަޔެކެވެ. ޖަޒީރާ ރާޢްޖޭގައި ނުހައްގުން ހޯދާ ފައިސާ ހޯދުމެއް ނޯންނާއެވެ. ޙަރާމް ވިޔަފާރިއެއް ނުމެކުރާމެއެވެ. ކޮރަޕްޝަނަކީ ޖަޒީރާ ރާއްޖޭގެ ރައްޔިތުން ދަންނަ އެއްޗެށް ނޫނެވެ.

މެޑަމެވެ. ފިރިމީހާ ބައިގެން އަންނަ މަސްކޮލަށް ހަމަ އަގު ލިބެއެވެ. ރިޒޯޓުގައި މަސައްކަތް ކުރާ ފިރިންނަށްވެސް ހައްގުވާ ފައިސާ ބަރާބަރަށް ލިބޭނެއެވެ. ފުދިފައި އިތުރުވެސް ވެއެވެ. ގޭގައި ކާލަން ހައްދާ މިރުސްކޮޅަާއި ކަންބާކޮޅުން އިތުރުވާ އެތިކޮޅު ގަންނަން ކޮންމެ ދުވަހަކުވެސް ޖެހިގެން އޮންނަ ޖަޒީރާ ރިޒޯޓުން އަންނާނެއެވެ. އެއަށް ލިބޭ ހަލާލު ފައިސާއިން ޖަޒީރާ އަންހެނުން ގޭެތެރޭގެ ޚަރަދު ބަލައްޓައެވެ. ޖަޒީރާ ދަރިންނަށް ބޭނުންވާ ކަންތައްތަކަށް ޚަރަދު ކޮށްފައި އިތުރުވެއެވެ.

މެޑަމެވެ. އަޅުގނަޑުމެންނަށް މަޢާފު ކުރައްވާށެވެ. ކަމަނާ ތި ވިދާޅުވާ ދިވެހިރާއްޖެ އަކީ ޖަޒީރާ ރާއްޖެފަދަ އަމާން ވެއްޓެއް އޮތް ތަނެއް ނޫނެވެ. މީހުން މެރުމާއި މީހުން ގެއްލުވާލުމާއި ވައްކަމާއި ފޭރުމާއި މަސްތުވުމުގެ އިތުރުން ކޮރަޕްޝަން އިންތިހާއަށް ބޮޑު ގައުމެކެވެ. ޖަޒީރާ ރާއްޖޭގައި އޮންނަ ކަހަލަ ރީތި ހިތްގައިމު އަަމާން ދޮންވެލި ތުނޑިއެއް ތި ރާއްޖެއަކު ނޯވެއެވެ. ހިޔާދޭ ފެހި ގަހެއް ނުހުރެއވެ. ކާރޫބާރޫ ބޮޑު ވައިނުސާފު ކޮންކުރިޓް ޖަންޖައްޔެއް ފަދަ ނާމާން ތި ދިވެހިރާއްޖެއަށް އަޅުގަނޑުމެން ދާކަށް ނެތީމެވެ. ތީ ބިރުވެރި ނާމާންތަނެކެވެ.

މެޑަމެވެ. ޖަޒީރާ ރާޢްޖޭގެ ކައުންސިލަރުންނަކީ ވަރަށް ތެދުވެރި އިޚްލާޞްތެރި ވެރިންނެވެ. ކޮރަޕްޝަނާއި ވައްކަމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި މާރާމާރީ ހިންގުމާއި ވަގު ވިޔަފާރި ކުރުމުގެ ތުހުމަތު ކުރާ ބައެއް ނޫނެވެ. ޖަޒީރާ ކައުންސިލަރުން ޖަޒީރާ ރައްޔިތުްނާ ބައްދަލު ކޮށް ވާހަކަ ދައްކާނީ ލޯތްބާއި އޯގާތެރިކަމާއެގައެވެ. ރައްޔިތުންވެސް ހަމަ އެހާމެ ލޯބިވާނެއެވެ.

މެޑަމެވެ. މިހިއްގައިމު އަމާން މަންޒިލު ދޫކޮށް ތިޔަ ނާމަން ދިވެހިރާޢްޖެއަށް ދާހިތެއްނެތެވެ. ކަމަނާއެވެ. ދަންނަވަންތޯއެވެ؟ ޖަޒީރާ ރާޢްޖޭގެ ކޯޓުތަކަކީވެސް ހަމަ ޢަޖައިބެއްފަދަ ތަނެކެވެ. ބޮޑެއް ކުޑައެއް ނިކަމެއްޗެއް ފަޤީރެއް ބެލުމެއް ނެތި އިންސާފައް ނޫނީ ޙުކުމެއް ނުކުރެވެ. އަދި އެންމެ ހައިރާން ވަނީ ޖަޒީރާ ކައުްންސިލަރެއް ވިޔަސް ކޯޓުން ކުރާ ހުކުމަށް ތަބާވާތީއެވެ. ދިވެހިރާޢްޖެ ފަދައިން ބޮޑުމީޙާ ބުނާގޮތަށް ކޯޓުން ހުކުމް ކުރުމަކީ ޖަޒީރާ ރާޢްޖޭގައި އޮންނަ ކަމެއް ނޫނެނެވެ. ސަލާމަތީ ބާރުތައްވެސް ހަމަ މިފައިންނެވެ. ރަޔިތުންގެ ރައްކާތެރިކަން ވަނީ ޖަޒީރާ ސިފައިންނާއި ފުޅުހުން ކަށަވަރު ކޮށްދީފައެވެ. ދެނެއް ތި ދިވެހި ރާއްޖެ އަަކަށް ދާކަށް ނެތީމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Fayax

ވަރަށް ފުރިހަމަ ލިޔުމެއް