ފިނޮޅު ރިސޯޓް

ފިނޮޅާއި އަނަންތަރަ ފައިނަލަށް ދަތުރު ކޮށްފި

ޢާމިރު ޢަބްދުއްލަޠީފު | 13 އޯގަސްޓު 2018





އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ފިނޮޅު ރިޒޯޓު ކަށަވަރު ކޮށްފިއެވެ.

ފިނޮޅު މި ޖާގަ ކަށަވަރު ކުރީ އިއްޔެ ހަވީރު އޭދަފުށީ ދަނޑުގައި ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ސޮނެވާފުައްޓާޢި ބައްދަލުކޮށް 0-2 ފިނޮޅު ރިސޯޓް މެޗު ކާމިޔާބު ކޮށްގެންނެވެ.

މި މުބާރާތުގެ ފައިނަލު މެޗުގައި ބައްދަލު ކުރާނީ ފިނޮޅާއި އަނަންތަރައެވެ. މި މިޗު އޮންނާނީ އޮންނާނީ މިއަދު ހަވީރު 3:45 ގައެވެ.

އަނަންތަރާ ފައިނަލަށް ދަތުރު ކޮށްފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ދުސިތު އާ ވާދަކޮށް މޮޅުވެގެންނެވެ.

މިއަދުގެ މެޗުގައި ފިނޮޅުން ލަނޑުޖަހާފައިވަނީ އެޓީމްގެ މުހައްމަދު ނިޒާމު އެވެ. މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވާފައިވަނީވެސް އޭނާ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :