ބ. ވަންދޫމާފަރު ފަރަށް އެރި ދޯނި ފޮޓޯ- އެމްއްންޑީއެފް

މާލެ ދަތުރުކުރި ދޯންޏެއް ބ. މާބޭރުފަރު ފަރަށް އަރައިފި

ޢާމިރު ޢަބްދުއްލަޠީފު | 07 އޯގަސްޓު 2018

ރ. މުރަވަންދޫން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއް ރީތިބީޗު އިރު ދެކުނުގައި އޮންނަ ބ. މާބޭރުފަރު ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ، ރޭ ދަންވަރު 1:55 ގައި ހިނގުމާއެކު އެމްއެންޑީއެފް ޑަރިވަރުން ގޮސްފައިވާ ކަމަށާއި ފަރަށް އެރި 98 ފޫޓުގެ “ޑީ ބުލޫ ކެރިއާ” އަކީ ސަޕްލައި ދޯންޏެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ހިނގިއިރު އެ ދޯނީގައި 4 މީހުން ތިބިއިރު އޭގެ ތެރޭގައި 3 ބިދޭސީންނާއި ދިވެއްސަކު ހުއްޓެވެ. ނަމަވެސް ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.

މި ދޯނި ފުންކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީތެރިކަމާއެކު ދޯނީގެ ވެރި ފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގެ އެހީގައި ދޯނި ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :