އަލަށް އިންޖީނުގެ އެޅުމަށް ބ. ހިތާދޫން ފެނަކަ އަށް ދީފައިވާ ބިން ފޮޓޯ- ހިތާދޫ އޮންލައިން

3.5 މިލިޔަން ރުފިޔާއަށް ބ. ހިތާދޫގައި "ނުފެންނަ" އިންޖީނުގެއެއް އަޅައިފި!؟

ހިތާދޫ އޮންލައިން | 07 އޯގަސްޓު 2018





ބ.ހިތާދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ އެޅުމަށް އަމަލީ އެވެސް މަސަކަތެއް މިހާތަނަ ކޮށްފައި ނުވާއިރު ދައުލަތުން 3.54 މިލިއަން ރުފިޔާ ހަރަދުކޮށް ނިމިފައިވާ އިންޖީނު ގެއެއް އެޅިކަމަން “ރަށްވެހި ތަރައްގީ” ފޮތުން ހާމަވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާކަމަށް ބުނާ މަޝްރޫއުތަކުގެ މައުލޫމާތު ހިމެނޭ “ރަށްވެހި ތަރައްޤީ” ފޮތުގައި ހާމަކޮށްފައިވާ ގޮތުން ހިތާދޫ ގައި ވަނީ އިންޖީނުގެ އެޅުމަށް 3540405.5 ރުފިޔާ ދައުލަތުން ހަރަދު ކޮށްފައިވެ އެވެ.

އިންޖީނުގެ އިމާރާތް ނުކޮށް 3.54 މިލިއަން ރުފިޔާ ހަރަދު ކޮށްފައި އޮތުމުން ގިނަ ބަޔަކު އަންނަނީ ސޯސަލް މީޑިއާގައި ވަރަން ބޮޑަ ފާޑު ކިޔަމުންނެވެ. ފަޑު ކީ ބައެން މީހުން " ހިތާދޫގައި ބިއްލޫރި އިންޖީނުގެއެއް އަޅިފިކަަމަށް ... ހިތާދޫގައި އަޑުނީވޭ ނުވަންނަ އިންޖީނުގެއެއް އަޅައިފި" ބުނެފައިއެވެ.

ހިތާދޫ ކައުންސިލުން ބުނީ މިސަރުކާރުން ހިންގާ މަޝްރޫޢުތަކަކީ ކައުންސިލާ އޭގެ މަޢްލޫމާތު ހިއްސާ ނުކުރާ މަޝްރޫޢުތަކެއް ކަމަށާޢި ހިތާދޫގައި އަލަށް އިންޖީނުގެއެއް ޢިމާރާތް ކޮށްފައި ނުވާކަމަށެވެ.

މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :