“ފިލްމް ފޯ ޗޭންޖް”ގެ ކުރު ފިލްމުތައް ދައްކާލައިފި

ހިތާދޫ އޮންލައިން | 05 އޯގަސްޓު 2018





މުޖުތަމައުގައި ހުރި އިޖުތިމާއީ އެކި މައްސަލަތައް ދައްކުވައިދޭ ގޮތަށް ހަދާފައިވާ ކުރު ފިލްމްތަކެއް ހިމެނޭ ފިލްމް ފޮ ޗޭންޖް 2018 ގެ ދަށުން ތައްޔާރު ކުރި ފިލްމްތައް ރޭ ޕްރިމިއަ ކޮށްފި އެވެ.

ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ފިލްމް ފޯ ޗޭންޖް ޕްރޮގްރާމްގެ ދަށުން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޑޮކިއުމަންޓްރީ އާއި ކުރު ފިލްމް ވީހާވެސް މަދު އާލާތްތަކެއް ބޭނުންކޮށްގެން އުފައްދާނެ ގޮތް ދަސްކޮށްދީ އެކަމަށް ހާއްސަ ތަމްރީންތަކެއްދެ އެވެ.

“ފިލްމް ފޯ ޗޭންޖް” ގެ ދަށުން ޕްރިމިއަ ކުރި ފިލްމްތަކުގައި ދެ ބައެއް ހިމެނެ އެވެ. އެއީ ފިލްމީ ދާއިރާގެ ތަޖުރިބާކާރުންނާ އެކު ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމުން ފިލްމް އުފެއްދުމާއި ގްރޫޕުތަކުގެ ގޮތުގައި ފިލްމް ހެދުމެވެ.

ފިލްމް ފޮ ޗޭންޖް ޕްރިމިއަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ޔޫއެންޑީޕީއާ ގުޅިގެން މިފަދަ ޕްރޮގްރާމެއް ހިންގުމަކީ ލިބިގެންދިޔަ އުފަލެއް ކަމަށެވެ. ރޭ ހުޅުމާލެ ސްވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފިލްމްތައް ވަނީ ދައްކާލައިފަ އެވެ.

އެގޮތުން މި ޕްރޮގްރާމްގެ ދަށުން މިއަހަރު އުފައްދާފައިވާ ކުރު ފިލްމްތަކަކީ، ނަމަ، ބިލާހު، ކުޑަ އަދި ވިލުނޫ އެވެ. ނަމަ ފިލްމް ބިނާކޮށްފައި ވަނީ ރަނގަޅު ތައުލީމެއް ދިނުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އަދި ބިލާހު މި ފިލްމަކީ ޖިންސީ ތަފާތު ކުރުންތައް ބުނެދޭ ފިލްމަކަށްވާއިރު ކުޑަ އަދި ވިލުނޫ އަކީ ތިމާވެށި ރައްކާތެރި ކުރުމުގެ މުހިންމުކަން ބުނެދޭ ދެ ފިލްމެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :