އޭަދަފުށީގައި ހުޅުވި އެމްޑީޕީގެ ކެމްޕެއިން އޮފީސް

އޭދަފުށީގައި "ޖަޒީރާ ރާޢްޖެ" ކެމްޕޭން އޮފީހެއް ހުޅުވައިފި

ހިތާދޫ އޮންލައިން | 31 ޖުލައި 2018





ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން “ޖަޒީރާ ރާއްޖެ” ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން އޭދަފުށީގައި ކެމްޕޭން އޮފީހެއް ހުޅުވައިފި އެވެ.

އިދިކޮޅު އިއްތިހާދުން ބ. އަތޮޅުގެ ނުވަ ރަށަކަށް ކުރެއްވި ދަތުރުގައި، އޭދަފުއްޓަށް ވަޑައިގެން އެ އޮފީސް ހުޅުވައިދެއްވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

އެ ރަސްމިއްޔާތުގައި، ވާހަކަދައްކަވަމުން ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރު ވިދާޅުވީ މި ކެމްޕޭން އޮފީހުން ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ވަރަށް ރީއްޗަށް ކުލަ މަންޒަރެއް ފެނިގެންދާނެ ކަމަށެވެ.

“ކެމްޕޭނެއް ކުރަންޖެހޭ ހުރިހާ މަސައްކަތަކަށް އެންމެ ފަރިތަ ބަޔަކީ އަޅުގަނޑުމެން. އެކަން ވަރަށް ފަރިތަކަމާއެކު އަޅުގަނޑުމެން ކުރިއަށް ގެންދާނަން، އެކަމަކު އެއީ ދައުލަތުގެ އެއްވެސް ވަސީލަތެއް ބޭނުމެއް ނުކޮށް،”

މަބްރޫކު ވިދާޅުވީ، މި އޮފީހުގެ އިތުރުން ވަރަށް އަވަހަށް ކެމްޕޭން ޖަގަހަތައް ވެސް ހުޅުވަމުން ގެންދާނެ ކަމަށާއި އޭދަފުށީ ރައްޔިތުންނަކީ ވަރަށް ވިސްނުންތެރިކަމާއެކު މޮޅުވާކޮޅަށް ވޯޓްލާ ބައެއް ކަމަށެވެ.

“އޭދަފުށީ ރައްޔިތުންނަކީ ވަރަށް ވިސްނުންތެރިކަމާއެކު މޮޅުވާ ކޮޅަށް ވޯޓްލާ ބައެއް، އެއީ އަޅުގަނޑުމެން ކޮޅު. ގުޅިފައިވާ އިއްތިހާތުގެ ކޮޅު،”

މަބްރޫކު ވިދާޅުވި ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ބ. އަތޮޅުން ގުޅިފައިވާ އިއްތިހާދަށް އެންމެގިނަ ވޯޓް ލިބޭނީ ވެރިރަށް އޭދަފުށިންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :