ހިތާދޫން އިބޫއަށް މަރުހަބާ ކިޔަނީ ފޮޓޯ- ހިތާދޫ އޮންލައިން

ބ. ހިތާދޫން އިބޫ އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި

ޢާމިރު ޢަބްދުއްލަޠީފު | 29 ޖުލައި 2018

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހެނދުނު ބ. ހިތާދޫއަށް ވަޑައިގަތުމުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުހަބާ އެއް ކިޔައިފިއެވެ.

އިބޫއަށް އަް މަރުހަބާ ކިޔުމުގެ ގޮތުން ހިތާދޫގެ ބަނދަރު ސަރަހައްދުގައި ދިދަ ޖަހައި ވަނީ ޒީނަތްތެރި ކޮށްފައެވެ. އަދި ކެމްޕޭން ޓީމަްގެ ބައިވެރިންގެ ކަރުގައި މާފަތި އަޅުގައި ގިނަ ބަޔަކު ވަނީ އިސްތިޤްބާލަށް ނުކުމެފައެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓު އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެމްޕޭން ޓީމުގައި ކެންދޫ ދާއިރާގެ ރައްޔިުތން މަޖިލީހުގެ މެންބަރ ޢަލީ ހުސައިނާއި އެމްޑީޕީގެ ޗެއަރ ޕާސާން ހަސަލަން ލަތީފުގެ އިތުރުން ޙިސާން ހުސައިނާއި ޢަދާލަތު ޕާޓީގެ އަލީ ޒާހިރާއި ޑރ ހުސެންރ ރަޝީދު އަދި ގާސިމް އިބްރާހިމްގެ އަނބިކަބަލުން އަދި ޖޭޕީގެ ކައުންސިލް މެންބަރ އައިޝާ އާއ ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑަައިގެންފައެވެ.

މި އަތޮޅު ރައްޔިތުންނާ ބައްދަލުކޮށް، ޚިޔާލު ހޯއްދެވުމަށް އިބޫ ފެއްޓެވި ދަތުރުފުޅުގައި މިއަދު ހިތާދޫއަށް ވަޑައިގެން އިބޫ ވަނީ ކޮލިޝަންގެ ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވާއެވެ. އަދި ދޮރުން ދޮރަޢް ހިންގަވާ ވަޑައިގެންފައެވެ.

އިބޫ ހިތާދޫ އަށް ކުރެއްވި ދަތުރު ފުޅު ނިންމަވާލައްވާ ފުރާ ވަޑައިގެންނެވީ މިއަދު ހެނދު 11:45 ގައެވެ.

އިބޫގެ މިދަތުރު ފުޅުގައި މިއަދު ވަނީ މާލޮހާއި އޭދަފުއްޓާއި ކެންދުއަށް ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ގަމާރަކަސް ހިމާރަކަށް ....ކިބުލަކަސް އިބުލަކަސް ...މިފަހަރު ޔާނު ހަމަ ޗޮކުން ދާނީ ...އާނަށް ވެގެން ތޯއްޗެ

ޖަޒީރާ ދޮންބެ

ހިތާދޫގާ ދިރިއުޅެނީ ވިއްސަކަށް މީހުންތާ

ސަޅި

ގަމާރު ބައެއް ދީނަކަށް ނުބަޅާ ޔަހޫދީ ޕަޕެޓުން ނަށް ހުސް ވެފަ