އިބޫ ކެމްޕޭނަށް މާދަމާ ހެނދުނު ބ. ހިތާދޫ އަށް ވަޑައިގަންނަވަނީ

ހިތާދޫ އޮންލައިން | 28 ޖުލައި 2018

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ހެނދުނު ބ. ހިތާދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެވެ.

އިބޫ މާދަމާ ހިތާދޫ އަށް ޒިޔާރަތް ކުރައްވާއިރު، މިއަދު ވަނީ ކެމްޕޭން ދަތުރު ފުޅެއް ބ. އަތޮޅުގެ ރަްތަކަް ފައްޓަވާފައެވެ. މި ދަތުރުފުޅެއްގައި މިއަދު ބ. އަތޮޅުގެ 9 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި އަތޮޅު ރައްޔިތުންނާ ބައްދަލުކޮށް، ޚިޔާލު ހޯއްދެވުމަށް އިބޫ ފެއްޓެވި ދަތުރުފުޅުގައި މިއަދު ވަނީ ގޮއިދޫއަށް ވަޑައިގެންފައެވެ. މާދަމާ ހިތާދޫއަށާއި މާޅޮހުގެ އިތުރުން އޭދައްފުއްޓަށާއި ދަރަވަންދޫ އަށް ވެސް އިބޫ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި އެ އަށް ފަހު ހޯމަ ދުވަހު އެމަނިކުފާނު މި އަތޮޅު ކެންދޫއަށާއި ކަމަދޫގެ އިތުރުން ކުޑަރިކިލަށް ވެސް ވަޑައިގަންނަވާނެއެވެ.

އަދި މިރޭ ތުޅާދޫގައި އިއްތިހާދުގެ ބޮޑު ޖަލްސާއެއް ބޭއްވުމުގެ ތައްޔާރީތައް ވެސް ޕާޓީތަކުން ވަނީ ފަށާފައެވެ.

އިބޫގެ މިދަތުރުފުޅުގައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، މެނިފެސްޓޯގައި ހިމެނުމަށް ރައްޔިތުން ބޭނުންވާ ކަންތައް އަޑު އަހައި މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އިބޫގެ މިދަތުރުފުޅުގައި އެމްޑީޕީއާއި ޖޭޕީގެ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަނގު އަނބިކަނބަލުން، އާއިޝަތު ނަހުލާ ވެސް ހިމެނެއެވެ.ފ


ކިޔުންތެރިންގެ ޚިޔާލު...


ނަން :


އިބޫ އަރާ ... ޔާނު ... އާނުގެ ތެރެއަށް ފޮނުވާލާނެ ... މިފަހަރު ...ޔަގީން ކަމާއެކު..